އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީ އަކީ ބޮލީވުޑް ގައި އެންމެ މަޝްހޫރު އަދި ގިނަ ބަޔަކު އެބައެއްގެ ވާހަކަތައް އެންމެ ގިނައިން ދައްކާ ސެލެބްރިޓީސްތަކުގެ ތެރޭގައި ހިމެނޭ ދެ މީހުންނެވެ. ދާދިފަހުން އަނުޝްކާ އާއި ވިރާތް އަށް ކުއްޖަކުވެސް ވަނީ ލިބިފައެވެ. ވިރާތް އާއި އަނުޝްކާގެ ހަޔާތުގެ ކަންކަން ކިޔައިދިން ފަރާތަކުން މިވަނީ އެމީހުންގެ ގޭގައި މަސައްކަތް ކުރަން ހާއްސަ މީހަކު ނުހުންނަކަން ހާމަކޮށްފައެވެ.

މުއްސަނދީންގެ ގޭގައި އެކި އެކި މަސައްކަތްތައް ކުރުމަށް މީހުން ތިބޭއިރު ވިރާތް އާއި އަނުޝްކާގެ ގޭގައި އެފަދަ ގޮތަކަށް މަސައްކަތް ކުރަން މީހަކު ނެތުން އެއީ ގިނަ ބަޔަކަށް ހައިރާންކުރުވަނިވި ކަމަކަށް ވިއެވެ. އެހާ ބުރަކޮށް އުޅެމުން ގޭގެ ކަންކަން އަނުޝްކާ އާއި ވިރާތް ކުރަނީ ކިހިނެއް ބާއޭ ގިނަ ފޭނުން ވަނީ ސުވާލު އުފައްދާފައިއެވެ.

ކުރީގެ އިންޑިއަން ސެލެކްޓާ، ސަންދީޕް ސިންގ މިވަނީ އަނުޝްކާ އާއި ވިރާތްގެ ވާހަކަތައް މީޑިޔާގައި ހިއްސާ ކޮށްފައެވެ. ސިންގ ފާހަގަ ކުރާގޮތުގައި ވިރާތް އަކީ ވަރަށް ހިތްހެޔޮ މީހެކެވެ. އިންޑިޔާގެ ކްރިކެޓް ޓީމުގެ ކެޕްޓަންވެސް ކުރާ ވިރާތް އަކީ މީހުންގެ ވާހަކަތައް އަޑު އަހެމަށްފަހު ކަންކަން ނިންމާ މީހެއް ކަމަށް ސިންގ ވަނީ ބުނެފައެވެ.

އަނުޝްކާ އާއި ވިރާތް އާއި ގުޅޭގޮތުން ސިންގ ފާހަގަ ކުރި އެންމެ ބޮޑު ސިއްރަކީ އެމީހުންގެ ގޭގައި މަސައްކަތު މީހެއް ނުހުންނަ ކަމެވެ. ގެއަށް އަންނަ މެހެމާނުންނަށް ކެއުންތައްވެސް އަރުވަނީ ވިރާތް އާއި އަނުޝްކާ ކަމަށް ސިންގ ބުންޏެވެ.

އަގުބޮޑު ގެއެއްގައި އުޅެމުންދާ އަނުޝްކާ އާއި ވިރާތް އަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ދެ ސެލެބްރެޓީސްއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާދީނީ އަންނި

    މަގެންދަންވީނުން މަސަތްކަތު މީހަކައް ހިލޭސާބަހައް ހުރިހާ ކަމެއްވެސް ކޮއްދޭނަން.

  2. މިނީ

    ހަޤީޤީ ދިރިއުޅުމަކީ އެއީ

    21
  3. ނުބުނާނަން

    މިގޭގަ ވެސް ނުހުރޭ