އެންމެ ގިނަ ދުވަހު ދުނިޔޭގައި އޮތް ކޮއި ކާޕް މަހުގެ އުމުރު 226 އަހަރަށް އަރައިފިއެވެ. މި ވައްތަރުގެ މަހުގެ އެވްރެޖް އުމުރަކީ 30-40 އަހަރެވެ.

ސަކާލެޓް ކުލައިގެ މި މަސް އުފަންްވެފައި ވަނީ 1751 ވަނަ އަހަރު ޖަޕާނުގައެވެ. ޖަޕާނަށް އުފަންވެފައިވާ މި މަހަށް ދެވިފައިވާ ނަމަކީ 'ހަނަކޮ' އެވެ. 'ހަނަކޮ' މި ބަހުގެ މާނަ އަކީ 'ފްލާވާ ގާލް'އެވެ. މިއީ ފެނުގައި އުޅޭ މަސް ތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދިރި ހުރި މަހެއްގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ މަހެކެވެ.

މި މަހުގެ (ހަނަކޮ)ގެ ބަރުދަނުގައި 7.5 ކިލޯގުރާމް ހުރި އިރު ދިގު މިނުގައި 70 ސެންޓިމީޓަރު ހުރެއެެވެ. މި މަސް ގެންގުޅުނު މީހާ ބުނާ ގޮތުންނަމަ އެ މަހުގެ އުމުރު ޔަގީންކޮށްފައި ވަނީ ލެބޯޓަރީއަށް ހަނަކޮގެ ސްކޭލް ގެންގޮސް ޕްރޮފެސަރު ހިރޯ ކުރި ދިރާސާއަކުންނެެވ.

"ހަނަކޮ އަހަންނާ ވަރަށް އޮޅުވާނެ. ހަނަކޮ އޭ ކިޔާފަ ގޮވާލުމުން ފެންގަނޑުގައި ފަތާފައި އަހަރެންގެ ކައިރިއަށް ހަނަކޮ އަންނާނެ" މި މަސް ބެލެހެއްޓުމުގައި މަސައްކަތް ކުރާ މީހާ ކިޔައި ދިނެެވެ.

ހަނަކޮ އަކީ ދުނިޔޭގައި ގިނަ ދުވަހު ކޮއި ފިޝްއަށް އުޅެވިދާނެ ކަމުގެ މިސާލެކެވެ.

ކިޔުންތެރިންގެ ހިޔާލު