އުމުރުން 29 އަހަރުގައި ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށްފަހު ބަލިން ސަލާމަތް ވެފައިވާ ޒުވާން އަންހެނަކު ދުނިޔެ ވަށައިގެން ދަތުރު ކުރަން ނިންމައިފިއެވެ.

އެމެރިކާއަށް އުފަން ހެއިލީ އާސެނޯ އަކީ ކެންސަރުބަލިން ސަލާމަތްވެފައިވާ އެސިސްޓެންޓް ފިޒީޝަނެކެވެ. އެސްޓީ ޖޫޑް ޗިލްޑްރެންސް ހޮސްޕިޓަލް ގެ މުއައްޒަފުންތަކެއް މި ދިޔަ މަހު ވަނީ ގަބޫލު ކުރަން ވެސް ދަތި ސުވާލެއް އޭނަ އާއި ކޮށްފައެވެ.

އެމީހުން އޭނާ އާއި ކޮށްފައިވާ ސުވާލަކީ ދުނިޔެ ވަށައިގެން ދާން ޝައުގުވެރިކަން އެބަހުރިތޯއެވެ.

"އަހަރެން ހަނދާން އެބަހުރި އަހަރެން ކައިރިން އެެހެން އެހުމުން އަހަރެން ފެށީ ހޭން އަދި ދެން އަހަރެން ބުނީ އާއެކޭ އަހަރެންގެ ނަން ޖަހާށޭ" އާސެނޯ ސީއެންއެން ބިޒްނަސް އަށް ކިޔާދީފައިވެއެވެ.

އާސެނޯ އަކީ ދުނިޔެ ވަށައިގެން ގިނަ ދުވަހަށް ދެމިގެންދާ ދަތުރުގެ ފުރަތަމަ ފަހަރަށް ދަތުރު ކުރާ ހަތަރު ފަޅުވެރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. މި އުޅަނދުގެ ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ. އާސެނޯ އާއި އެކީ ޝިފްޓް4 ޕޭމެންޓްސް ގެ ސީއީއޯ ޖަރެޑް އިސާކްމަންވެސް ބައިވެރިވާނެއެވެ.

އޭނާ އަކީ މި ކަމަށް ހަރަދުކުރި ފަރާތެވެ. އަދި އިސާކް ރަވާފައިވަނީ މިކަމުން ލިބޭ ފާއިސާ އިން 200 މިލިއަން ޑޮލަރު އެސްޓީ ޖޫޑް އަށް ހަދިޔާ ކުރާށެވެ.

މީގެ މަހެއް ކުރިން އާސެނޯ ބުނެފައިވަނީ އިސާކްމަން އަކީ ކާކުކަން އޭނާ އަށް ނޭނގޭ ކަަމަށެވެ.
"އަހަރެން ޔަގީނުންވެސް މިކަމެއް އުންމީދެއް ނުކުރަން. އަހަރެން އަޑެއްވެސް ނާހަން މި މިޝަން އާއި ބެހޭގޮތުން ސަބަބަކީ އޭރު އެއީ ސިއްރެއްގެ ގޮތުގައި އޮތް ކަމެއް" އާސެނޯ ސީއެންއެން ބިޒްނަސް އަށް ކިޔާދީފައިވެއެވެ.
"މިއީ ވަރަށް އާދަޔާ ހިލާފް ކަމެއް މިކަން ތަމްސީލްކޮށް ކެންސަރު ބަލީގެ ޝިކާރަޔަކަށް ވެފައި ތިބޭ ބަލިމީހުންނަށް އެމީހުންނަށް ކުރެވިދާނެ ކަންތައް ދެއްކުން " އާސެނޯ ސީއެންއެން ބިޒްނަސް އަށް ކިޔާދީފައިވެއެވެ.
އާސެނޯ، ކެންސަރު ބައްޔާ ހަނގުރާމަ ކުރަމުން ދިޔައިރު އޭނާގެ ފަލަމަސްގަނޑުގެ ކަށިގަނޑު ނެގުމަށްފަހު، މަސްނުވީ އެއްޗެއް ލައްވާފައި ކަމަށް އޭނާގެ އޮޕަރޭޝަން ކުރި ކަށީގެ ޑޮކްޓަރ ބުނެފައިވެއެވެ.
އާސެނޯ، އުމުރުން 10 އަހަރުގައި ކަޅު ބެލްޓް ހޯދަން ވަރަށް ފޯރީގައި އުޅެނިކޮށް ކަކުލަށް އެރި ތަދެއްގެ ސަބަބުން އެނގުނީ އޭނާ އަށް ވަނީ އޮސްޓިއޯސާކޯމާ ޖެހިފައި ކަމެވެ. މި ކެންސަރުގެ ސަބަބުން އުފެދެމުން އަންނަ ކަށިތަކުގައި ޓިއުމާ ދިރުމަށް މަގުފަހިވެގެންދެއެވެ.
އެސްޓީ ޖޫޑްއަށް ދެއްކުމަށްފަހު އޭނާ ވަނީ އަހަރަކަށް ކީމޯތެރެޕީ ނެގުމަށްފަހު އެނާގެ ފައި ސަލާމަތް ކުރުމަށްޓަކައި ސާޖަރީ ހަދާފައެވެ.