އެކްޓަރ ކަރަން ސިންގް ގްރޯވަރގެ 39 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް އޭނާގެ އަންހެނުން ބިޕާޝާ ބާސޫއާއި އެކު ރާއްޖޭ އައިސް އެމީހުންގެ ހަނދާނީ އަލްބަމަށް އެއްކުރާނެ ފޮޓޯތައް ނެގުމުގައި ވަގުތުތައް ހޭދަ ކުރެއެވެ.
ކަރަން ސިންގް ގްރޯވަރއަށް ޓެގް ކޮށް ކަރަންއާއި ބިޕާޝާގެ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ބިޕާޝާ ވަނީ އޭނާގެ ފިރިމީހާ ކަރަންއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔައިފައެވެ.
ބިޕާޝާއަށް އެންމެ ކަމުދާ ދުވަސްތަކުގެ ތެރެއިން ދެވަނަ ދުވަހަކީ ކަރަންގެ އުފަން ދުވަސް ކަމަށާއި ކަރަން ދެކެ ލޯބިވާކަން މި ޕޯސްޓުގެ ކެޕްޝަންގައި ބިޕާޝާ ލިޔެފައިވެއެވެ.
މީގެ އިތުރަށް ބިޕާޝާއާއި ކަރަން ރާއްޖޭގެ މޫދުގެ ހިތްގައިމުކަން ދައްކުވައިދޭ ގޮތަށް ނަގައިފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށް ކެޕްޝަންގައި ލިޔެފައިވަނީ ''ކަނޑާއި އުޑު ގުޅޭ ހިސާބު، އަދި ބިޕާޝާއާއި ކަރަން'' އެވެ. މި ޕޯސްޓުގައި ހޭޝް ޓެގެއްގެ ގޮތުގައި ބިޕާޝާ ބޭނުން ކޮށްފައިވަނީ އޭނާއަށް ހާއްސަ ސިގްނޭޖަރ ހޭޝްޓެގް ''މަންކީ ލަވް'' އެވެ.
ކަރަން އުފަންދުވަހުގެ ހެނދުނުގެ ނާސްތާ ނަގާފައިވަނީ ވެސް ޕޫލެއްގައެވެ. ބިޕާަޝާ ވަނީ މީގެ ވީޑިއޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ.
ރާއްޖޭގެ ހިތްގައިމު މޫދު ފެންނަ ގޮތަށް ބިޕާޝާ އެކަނި ނަގާފައިވާ ފޮޓޯތަކެއް ވެސް އޭނާ ވަނީ އިންސްޓަގުރާމުގައި ހިއްސާ ކޮށްފައެވެ. ކަރަންއާއި ބިޕާޝާ ރާއްޖޭގައި ހޭދަ ކުރާ ޗުއްޓީގެ ތެރެއިން ބައެއް ހަނދާންތައް ދަނީ މީސް މީޑިޔާ މެދުވެރިކޮށް އެމީހުންގެ ސަޕޯޓަރުންނާއި ހިއްސާ ކުރަމުންނެވެ.
ބިޕާޝާއާއި ކަރަން ލޯބީގެ ގޮތުން ގުޅިފައިވަނީ 2015 ވަނަ އަހަރު ދެމީހުން އެކުގައި ކުޅުނު ފިލުމު ''އަލޯން'' ގެ ޝޫޓިންގެ ތެރެއިންނެވެ. އަދި މި ދެ ލޯބިވެރިންގެ ކައިވެނި ކުރެވުނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުނު ޘަޤާފީ ކައިވެނި ހަފްލާ އަކުންނެވެ.
މަހޭ އާ ދިމާވާންވާނެ..
ހޫން. އެއްކަލަ ދެމީހުން. ދެން ކޮންދުވަހަކުންތަ ކަލޭމެން ވަރިވަނީ؟؟