މިމަހުގެ ހަވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މުހައްމަދު ފިރުޝާން، 17، ގދ. ގައްދޫއިން އެރަށު ކައިރީގައި އޮންނަ ލޮނަދޫހުއްޓާއަށް ދިޔައީ ރަހުމަތްތެރިންނާއި އެކީ ޕިކްނިކް ހަދައި މަޖާ ކޮށްލުމަށެވެ. މި ދަތުރުގައި ދިޔައިރުވެސް، ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމަށް ހިތުލައިގެންވެސް އެކުދިންނެއް ނެތެވެ. އެހެން ނަމަވެސް ކުއްލިއަކަށް ދިމާވި ހާދިސާއާއި ގުޅިގެން ފިރުޝާން އަށް މިވަގުތު ވަނީ އެންމެންގެވެސް އެހީތެރިކަމާއި ހެޔޮ ދުއާއަށް ބޭނުން ވެފައެވެ.

ފިރުޝާން މެންނަށް ދިމާވި މިހާދިސާއާއި ގުޅިގެން މުޅި ގައްދޫވެސް އޮތީ ހިތާމާގައެވެ. އާއިލާގައި ބޮޑަށް ހުންނަ ހަމަ އެކަނި ފިރިހެން ދަރިފުޅަށް ލިބުނު އަނިޔާތަކާއި ގުޅިގެން އާއިލާވެސް ވަނީ މާޔޫސްވެފައެވެ.

ދަތުރުގައި މަޖާ ކުރަމުން ގޮސް ފިރުޝާން އާއި އިތުރު ކުދިންތަކެއް ވަނީ އެތަނުގައި ހުރި ކުޑަ ގެއަކަށެވެ. އެތަނަކީ އެއީ ފާޑަކަށް ހަދާފައި ހުރި ތަނެކެވެ. އެތަނުގައި ފިރުޝާންމެން ސަކަރާތް ޖަހަމުން ދަނިކޮށް ފިރުޝާންގެ ބޯ މައްޗަށް 'ބަރު" ސީލިންގް ވެއްޓުނެވެ.

މި ހާދިސާގައި ފިރުޝާނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސް، އަތަށާއި ބޮލަށާއި އެތެރެހައްޓަށް ވަނީ އެކި ކަހަލަ އަނިޔާތައް ލިބިފައެވެ. މީގެ އިތުރުން މިހާރު ފިރުޝާންގެ ހަށިގަނޑުން ލޭ މަދުވާ ކަމަށާއި މަދުވާ ސަބަބެއް އަދި ހޯދިފައި ނުވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ފިރުޝާންގެ މަންމަ ނަޝީދާ މުހައްމަދު ބުނީ، ފިރުޝާންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ވާހަކަ ނުދެއްކޭ ކަމަށާއި ހަމަ އެކަނި ކުރެވޭ ހަރަކާތަކީ އަތުންނާއި ފައިން ކުރެވޭ ހަރަކާތް ކަމަށެވެ.

"އެމީހުން ބުނަނީ ރަނގަޅޭ. އެކަމަކު އަދިވެސް ވާހަކައެއް ހަމައަކަށް ނުދެއްކޭ." ނަޝީދާ ބުންޏެވެ.

ފިރުޝާނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ތިނަދޫ ހޮސްޕިޓަލުންނެވެ. ތިނަދޫ ހޮސްޕިޓަލުން ފިރުޝާންގެ ފައިގެ ތިންތަނެއް ބިންދައިގެން ގޮސް ހުރުމާއި އެކު ވަނީ ބޮލްޓް އަރުވާފައެވެ. އޭގެ ފަހުން މާލޭ ގެނެވުނު އިރު ފަޔަށް އިތުރަށް ވަނީ ގެއްލުން ލިބިފައެވެ.

މިވަގުތު ފިރުޝާނަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ އައިސީޔޫގައެވެ.

ފައިގެ އެކި ތަންތަން ބިންދައިގެންގޮސް ހުރުމާއި އެކީ، އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން މީގެ ދެހަފްތާ ކުރިން ވަނީ އޮޕަރޭޝަނެއްކޮށް ފިރުޝާންގެ ކަނާތު ފައި، ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ވަނީ ބުރި ކޮށްފައެވެ.

Ceiling Dhashuvi Zuvaanaa Ge Eh Fai Buri Kollaifi, Haalu Serious! - Vaguthu

ފިރުޝާންގެ ފައި ބުރި ކޮށްފައިވީނަމަވެސް، އޭނާގެ މަންމަގެ އުއްމީދަކީ އަދިވެސް އޭނާގެ ދަރިފުޅަށް ހިނގޭނެ ކަމެވެ. އެގޮތުން ފައެއް ޖަހަން ގަސްތުކޮށްފައިވާ ކަމަށް ނަޝީދާ ބުންނެވެ.

ފައެއް ޖަހަން ގަސްދު ކުރި ނަމަވެސް އާއިލާއަކީ އެއާ ތަނަވަސް އާއިލާއެއް ނޫން ކަމަށް ނަޝީދާ ބުންޏެވެ.

"ބުރި ކޮށްލި ފައި ޖަހަން ގަސްދު ކުރަނީ އެވަރުގެ އެހީއެއް ލިބިއްޖެއްޔާ. އަޅުގަނޑުމެންނަކީ އެހާ ވަރަކަށް ރުފިޔާ ލިބޭ ބައެއް ނޫން. އެހާ ތަނަވަސްކަމެއް ހުރި ބައެއް ނޫން އަޅުގަނޑުމެންނަކީ. ކުޑަކުޑަ ދަރިންތަކެއް ގޮަވައިގެން އުޅޭ ބައެއް. އަޅުގަނޑު ފިރިމީހާ އަކީ މަހަށްދާ މީހެއް. ގިނަ ފަހަރު އޮންނަނީ މަހަށް ގޮއްސަވެސް އެއްޗެއް ނުލިބިފައި" ނަޝީދާ ބުންޏެވެ.

ފިރުޝާންގެ ހާލަތު ރަނގަޅު ނުވާތީ އާއި ކުރިއަށް އޮޕަރޭޝަންތަކެއް ކުރަން ޖެހޭތީ އާއިލާއިން ވަނީ ހެޔޮއެދޭ ފަރާތްތަކުން ފިރުޝާންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އެދިފައެވެ.

ފިރުޝާންގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އަދިވެސް ކުރިއަށް ދެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށާއި ފިރުޝާނަށް ހިނގޭނެ ގޮތެއް ލިބޭތޯ އާއިލާއިން ވަނީ ހެޔޮއެދޭ ފަރާތްތަކުން ފިރުޝާންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް އެދިފައެވެ.

_______________________________________

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަރީ

    ކުރިން ދުވަހު މަރުވީ އޭ ނޫހުގަ އޮތީ މަ ހީކުރީ މީނަކަމައް..

    1
    7
  2. ކިނބޫ

    ސީލިންގ ދަށުތަވީ ފާރެއްދަށުތަވީ؟ ނަންވާނީ ރާޓީވީ

  3. ދުޢާ

    ﷲގެ އިރާދަފުޅާއެކު ދާދި އަވަހަށް ފިރުޝާންއަށް އެހީތެރިކަމުގެ އަތެއް ނުވަތަ އަތްތަކެއް މިންވަރު ކުރައްވާނެ އެވެ. އާމީން!

    11
    1
    • ކޮވިޑް

      އާމީން.....

  4. ައަހުމަދު

    ސުވާލަކީ މިޤައުމުގައި މިޤައުމުގެ ވެރިން ހެޔޮގުތުގައި ރައްޔިތުންނަށް ވެރިކަން ކޮށްދޭނަމަ މިގޮތަށް ނިކަމެތި ރައްޔިތުމީހާނުޖެހޭނެ ސަލާންޖަހާކަށް އެއަށްވުރެން މިޤައުމު މުއްސަނތިވާނެ. ކީއްކުރަން ބާ ރައްޔިތުންގެ ފައިސާއިން ކޮންމެޕާޓީއަކަށް އެތައް ިލިޔަން ރުފިޔާދެނީ އެއަށްވުރެންމާރަގަޅެއްނޫން ހާލުގައި އުޅޭނިކަމެތިންނަށް އެހީ ވެވެގޮތަށް އެލާރިން ކަމެއްކުރިއްޔާ

  5. ސަމްސިއްޔާ

    އަވަސް ޝީފާއަކަށް އެދެން.
    އެކަމަކު އަދިވެސް ތިޔަ ޚަބަރުތައް ގެނެސްދޭގޮތް ކަމަކު ނުދޭ. ކޮންގޮތަކުން އެކަން “ދަތުރު މަޖާ” އޭ ތިކިޔަނި؟؟

    3
    1
  6. އއއ

    ސުރުޙީ ކިޔާލީމަ މާނަ ނެގުނީ އެހީއެއް ލިބުނީ ކަމަށް ، ނަމަވެސް ވަރަށް ދެރަ ހަބަރު އެއްކޮށް ކީމަ އެނގުނީ އަދިވެސް އެހީއެއް ނުލިބޭކަން. ފިރުޝާން އަށް އަވަސް ޝިފާއަކަށް އެދެން އަދި ދީލަތި އެހީއެއް އެއް ދޭނެ ފަރާތެއް ވާނެކަމަށް އުންމީދު ކުރަން، ނިކަމެތިންއަތުގައި ލާރިނެތަސް މުއްސަނދި މަހުޖަނުން ގިނަ ގައުމެއް މިގައުމަކީ.. ހުސްނުވާ އާސަންދަ.!!

    7
    1
  7. ސާބަސް

    ދުވެހިން ބަލިހަލުގައި ޖެހުނީ މާ ސަލާން ނުޖަހަ މިކަ މުން އަރައިގަނެވޭނެ ގޮތެއް ހޯދަ ދީބަލަ ރުފިޔާތައް ނުކައި މިތިބި ފުލެޓު ވަގުތަކާ..