މަސްވެރިކަން ކުރަން އުޅޭ ގިނަ ފަރާތްތަކަށް ވަރަށްވެސް އާދަޔާއި ހިލާފު ތަފާތު ކަނޑުގައި އުޅޭ ދިރުންތައް ފެނެއެވެ. އެގޮތުން މިފަހަރު އިންޑޮނޭޝިއާގެ މަސްވެރިއަކަށް ފެނިފައި މިވަނީ އިންސާނެއްގެ މޫނާއި ވައްތަރު ގޮތެއް ހުންނަ ކުޑަ ކުޑަ މިޔަރެކެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މިޔަރު ފެނިފައިވަނީ އިންޑޮނޭޝިއާގެ މަސްވެރިއެއް ކަމަށްވާ އަބްދުﷲ ނޫރެން، 48 އަހަރެވެ. މި މިޔަރު ފެނިފައިވަނީ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ރޯޓް ޑާއު ސަރަހައްދުން ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އެއީ އޭނާ ބާނާފައިވާ މިޔަރެއް ނޫނެވެ. ދާއަޅަން ނުކުމެ އުޅެނިކޮށް ދަލުގައި ޖެހިފައިވަނީ ބޮޑު މިޔަރެކެވެ. އިންސާނެއްގެ ވައްތަރު މޫނެއް ހުރި މިޔަރު ފެނިފައިވަނީ އޭނަ ބޮޑު މިޔަރު ބަނޑު ފެޅި ގަޑީގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެގޮތުން ބޮޑު ދެލޯ ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ފުރަތަމަ ދަލުގައި ޖެހުނީ ބޮޑު މިޔަރެއް. އެ މިޔަރު ނަގައި އޭގެ ބަނޑު ފެޅިއިރު ކުދި 3 މިޔަރު ފެނުނު، އެތަނުން އެކަތިވީ ވަރަށް ތަފާތު މިޔަރަކަށް" އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ކުޑަ މިޔަރު ހިފައިގެން އޭނާ ގެއަށް ދިޔަ ކަމަށާއި، ގޭގެ ކައިރީގައި އުޅޭ ފަރާތްތަކުން އެ މިޔަރު ބޮޑު އަގު ދީފައި ގަންނަން އުޅުނު ކަމަށެވެ. އެހެން ނަމަވެސް އޭނާ އެ މިޔަރު ވިއްކާފައެއް ނުވެއެވެ.

އޭގެ ފޮޓޯތައް މީސްމީޑީއާގައި ހިއްސާ ކުރުމުން ގިނަ މީހުން ވަނީ އެއީ އަސްލު "ބޭބީ ޝާކް" އެއް ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީރާ

    ނޯޓީ ޝާރކް

    10
  2. މާހިރު

    ޢެއީ ހަމަ ބޭބީ ސާރކު

    10
    1
  3. ނާޒިމ ވާދޫ

    ފޮޓޯއިން މަހީކުރީ އިންސާނެއްކަމަށް. ހަބަރު ކިޔާލީމަ އެނގުނީ މިޔަރެއްކަން ، ހާދަވައްތަރޭ..

    10
    1
  4. އަމީ

    އިންސާނުންނަށް އިންސާނުން ތިބޭ ގޮތް ވެސް އިނގޭ ހެން ހިޔެއްނުވޭ މިހާރު.

    17
    1
  5. UH

    Baby shark, doo, doo, doo, doo, doo, doo
    Baby shark, doo, doo, doo, doo, doo, doo
    Baby shark, doo, doo, doo, doo, doo, doo
    Baby shark