ބައްޕައަކު މި ވަނީ އޭނާގެ އަންހެން ދަރިފުޅު ކޮޓަރީގައި ހުއްޓާ އެނދު ދަަށަށް ދަމާގަތް ކަމަށް ބުނާ މަަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ.
ޓިކްޓޮކްގައި ޖޯޝްޑީން ނަމަކަށް ކިޔާ މީހަކު އެ ވީޑިއޯ އާއްމުކޮށް ބުނެފައި ވަނީ، އޭނާގެ ދަރިފުޅު އެނދު ދަށަށް ދަމައިގަތް ކަމަށާއި، އަންހެނުން ބުނަނީ ދަރިފުޅު އަމިއްލައަށް އެނދު ދަށަށް ވަނީ ކަމަށެވެ. ނަމަވެސް ދަރިފުޅު އެނދު ދަށަށް ދަމައިގަތީ ކޮންމެވެސް އެއްޗެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ އެ ވީޑިއޯ އާއްމު ކުރުމާއެކު އެ ވީޑިއޯ އަށް މިލިއަނަށް ވުރެ ގިނަ ފަހަރަަށް ބަަލާފައި ވެއެވެ.
އަދި އެ ވީޑިއޯ ބެލި މީހުން ވަނީ އެއީ ހަގީގަތެއްތޯވެސް ބުނެފައެވެ.
އެ ވީޑިއޯ އެ ކުއްޖާ އެނދުން ފައިބައިގެން، ތިރީގައި އޮތް ބާލިހެއްގެ މަތިން ދެއެވެ. އަދި އެނދު ދަށަށް ބޯދިގު ކުރެއެވެ.
@joshua.dean89
އަދި ކުއްލިއަކަށް އޭނާ ރޮއެގެންފައި މަންމައަށް ގޮވާ އަޑު އެ ވީޑިއޯއިން އިވިގެން ދެއެވެ. އަދި އޭނާ އެނދު ދަށަށް ދަމައިގަންނަތަން އެ ވީޑިއޯގައި ފެނިގެން ދެއެވެ.
އެ ވީޑިއޯ އަށް މިހާތަނަށް 725،000 އަށްވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ، އަދި 26،000 އަށްވުރެ ގިނަ ކޮމެންޓްވެސް ލިބިފައި ވެއެވެ.
ހަހަހާ.. އޭނަ އަމިއްލައައް އެނދު ދަށައް ވަރައް ސްލޯލިހްކޮއް ފިރުކިފަ ވަނީނު.. ޖިންނި ކަމެއް ނޫން
ހާދަ ބިރުވެރިއޭ ، ހަމަ އެނދުދަށަށް ދަމާގަތީ ދޯ ޖިންނި ދަމާގަތް ގޮތުން ހީވަނީ އެކުއްޖާ އަމިއްލައަށް ވަނީހެން. މިކަހަލަ ބިރުވެރި ވީޑިއޯތައް ނުލާބަލަ