އިންޑިއާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީ ދުނިޔޭގެ އެންމެ ބޮޑު ޒޫ ހަދަން ނިންމައިފިއެވެ.

ރެލިއެންސް އިންޑަސްޓްރީގެ ވެރިޔާ އަޅަން ނިންމާފައިވާ ޒުލުގެ ބޮޑުމިނުގައި 280 އެކްޓަރު ހުންނައިރު މި ޒުލުގައި 100 އަށްވުރެ ގިނަ ޖަނަވާރު އުޅޭނެއެވެ.

ދަ ވީކް މެގަޒިން އިން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ހުޅަނގު އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖަރާތް ގެ ޖަމްނަގަރް ސިޓީގައި ހަދާ މި ޒުލުގެ ނަމަކީ "ގްރީން ޒޫލޮޖިކަލް ރެސްކިޔު އެންޑް ރިހެބިލިޓޭޝަން ކިންގްޑަމް" އެވެ.

އިންޑިއާގެ އެންމެ މުއްސަނދި އާއިލާއަށް ނިސްބަތްވާ އަމްބާނީގެ މިލްކިއްޔާތުގައި 79 ބިލިއަން ޑޮލަރު ހުރި އިރު އޭނާ އަކީ ރެލިއެންސްގެ ވެރިޔާ އަދި ދުނިޔެއިން 12 ވަނަ އަށް އެންމެ މެއްސަނދި މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒާ

    އިނޑިއާގެ ފަގީރުން ހެޔޮހާލެއްގައި ދިރިއުޅެވޭނެ ތަނެއް ހެދިނަމަ ގައިމު ސަވާބު އިތުރުވާނެދޯ.

    15
    2
  2. އުޒީން

    މީ އެބުނާ ޒުލަކީ.. މި ދިވެހި ރާއްޖެ.. މިތަނަކީ މިހާރި އިންޑިޔާ މީހުން ގެންގުޅޭ ޒުލެއް.

    12
    6
    • ރެފްރީ

      އުޒޭންބޭނުންވަނީ ޗައިނާމީހުންގެންގުޅޭ ޒުލެއްހަދަންހެން ހާދަހީވެއްޖެއޭ ؟؟ އުޒޭންމެން ތަސައްރަފުފުދިފަތިބޭމީހުން ދައްކާކަހަލަ ވާހަކަދައްކާނަމަ މަހުންނާނީއުފަލުންހޭން .

  3. އަލިފުބާ

    280 އެކްޓަރަކީ 12،196،800 އަކަ ފޫޓު އިނގޭތޯ. (އެފް ވައި އައި) 3200 އަކަ ފޫޓުގެ 3،811 ބިން.

    3200 އަކަ ފޫޓުގެ ބިމެއް ރާއްޖޭގެ ނިސްބަތުން ބަލާ ކަމަށް ވަންޏާމުން މިސާލަކަށް 500،000 ރުފިޔާ ކަމަށް ބަލައިފިއްޔާ 12،196،800 އަކަ ފޫޓުގެ ބިމުގެ އަގަކަށް ވާނީ 1،905،500،000 ރފ. (1.9 ބިލިއަން )...123،579،281.45 ޑޮލަރު (ސަތޭކަ ތޭވީސް މިލިއަން ޑޮލަރސ)

  4. ރައްޔިތު

    ތިތަނަށް ގެންދަން ޖެހޭ މޮޔަ ކިނބުލެއް ރާއްޖޭގަ އެބަ އުޅޭ. މިއެެއްޗެއްގެ ނޮހޮރުއްޕާނާ ހެދި މިތާ ނޫޅެވިގެން މިއުޅެނީ. އޭގެ އަންހެން އެތިވެސް ގެންދާތި. ދަރުމަވާނެ މިދޭތި ގެންދޭ އަވަހަށް...!

    6
    3
  5. ރާއްޖެ

    އޭނާ ޒޫ ހަދަނީ އާބަނީގަ ތިން ބައިކުޅަ އެއްބައި ފަގީރުން އޮންނަ ގައުމެއްގަ.