ވިހަގަދަ ފައިދިގު މަކުނެއް ފެނިގެން އެމެރިކާގައި ހުންނަ ޔުނިވަސިޓީ އޮފް މިޗިގަންގެ ލައިބްރަރީއެއް ބަންދުކޮށްފިއެވެ.

މެޑިޓެރޭނިއަން ރެކްލޫޒް މި މަކުނަކީ ނުރައްކާތެރި ފައިދިގު މަކުނަކަށްވާއި ރު މި ބާވަތުގެ ފައިދިގު މަކުނުތައް ފެނިފައި ވަނީ ޔުނިވަސިޓީގެ ލައިބްރަރީގެ ބޭސްމެންޓުންނެވެ.

ޔުނިވަސިޓީގެ ތަރުޖަމާނު ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ މި ފައިދިގު މަކުނުތައް ފެނިފައި ވަނީ އިމާރާތް ސާފުކުރުމުގެ ތެރޭގައި ކަމަށެވެ. އިމާރާތް ބަންދުކޮށްފައި ބެހެއްޓުމުގެ ސަބަބުން މަކުނުތައް އިތުރުވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ޔުނިވަސިޓީ އޮފް މިޗިގަން އިން ބުނީ އެ ޔުނިވަސިޓީގެ ލައިބްރަރީގެ ބޭސްމެންޓުން ފެނުނު ފައިދިގު މަކުނުތައް ގިނަވެ ކައިރީގައި ހުރި އެހެނިހެން އިމާރާތް ތަކުންވެސް ފެންނަން ފަށާފައިވާ ކަމަށެވެ.

އެ ޔުނިވަސިޓީން ވަނީ އެ ސަރަހައްދަ ދާ ފަރާތްތަކުން ދިގު ހެދުން ލައިގެން ދިއުމަށާއި ވިހަގަދަ މި ބާވަތުގެ ފައިދިގު މަކުނެއް އެސަރަހައްދުން ފެނިއްޖެނަމަ ޔުނިވަސިޓީގެ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު