ކޮވިޑް-19 ވައިރަހުން ސަލާމަތް ވުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މި ވައިރަހަކީ ގައިން ގަޔަށް ފަސޭހައިން އަރާ ވައިރަހަކަށް ވާއިރު، އެ ބަލިން ސަލާމަތް ވުމަށް، އަތް ދޮވުމާއި، މާސްކު އެޅުން އަދި އިޖްތިމާއީ ގައިދުރުކަން ނުވަތަ އެކަކު އަނެެކަކާ ދެެމެދު މަދުވެގެން (ތިން ފޫޓުގެ) ދުރުމިން ބެހެއްޓުމަށް ދަނީ އިރުޝާދު ދެމުންނެވެ.

މި ވައިރަހަކީީ ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަހަކަށް ވާއިރު، ސައިންސްވެރިން އަންނަނީީ އެންމެ ފަސޭހައިން މިި ބަލި ފެތުރޭ ގޮތްތައް އަބަދުވެސް ދިރާސާކޮށް، އެެކަންކަމުގެ އިންޒާރު އާންމުންނަށް ދެމުންނެވެ. ކަން މިހެން އޮތް އިރު އަނެއްކާވެސް މިވަނީ ކޮވިޑް ފަސޭހައިން ފެތުރޭ އާ ގޮތެއް ސައިިންސްވެރިންނަށް ހޯދިިފައެވެ.

"ޑެެއިލީ މެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑީ މެންޓްފޯޓް ޔުނިވާސިޓީ (ޑީއެެމްޔޫ)ގެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުން ކޮވިޑް-19 ފަތުރާ ވައިރަސް އަހަރުމެން އަޅާ ހެދުމުގައި ހަރުލައިފި ނަމަ ތިން ދުވަހަށް މަރުނުވެ ހުރެއެެވެ. އެހެންކަމުން ހެދުން ނުދޮވެ މި ވައިރަސް ހެދުމުން ފިލުވަން ދަތިވާނެ އެވެ.

އަދި އުއި ފޮތިި ފަދަ ފޭރާންތަކުގައި މި ވައިރަސް ހަރުުލާފައި ހުންނަ އިރު، ވައިރަސް ފޮހެވެން ނުވަތަ މަރުވާން ގިނައިރުވާނެ ކަމަށް ޑީއެމްޔޫއިން ވަނީ ރިިޕޯޓުކޮށްފައެެވެ.

މި ވައިރަހުން ރައްކާތެރިވުމަށް އޮތް ހަމައެކަނި ހަރުދަނާ ފިޔަވަޅަކީ މަޖުބޫރު ހާލަތްތަކުގައި ފިޔަވާ ހުރިހާ ވަގުުތުތަކެއްގައި ގޭތެރޭގައި މަޑުކުރުުންކަން މިކަމުންވެެސް ސާބިތުކޮށްދެ އެވެެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    ޢާއްމު ޚިދުމަތްދޭ ތަންތަނުގައި މެދުގައި ހުންނަ ގޮޑީގައި ނީދެވޭ ދެން ހުރި ގޮޑިތަކުގައި ތަފާތު މީހުން އުށީދެފަ ދާނީ
    ސްޓެލްއަކީ ކަސްޓަމަރުން އެތެތެއަށް ވައްދާ ތަނެއް ކިތައް ކަސްޓަމަރުން އެއްހިޑީގައި އިށދެވޭނެ. އަޅުގަނޑު ސީދާ އެތަނުގައި އެވާހަކަ ބުނިން ވަރަށް ފަކުރު