އަނބި މީހާ ކައިރިން ވަރިވާން ވެގެން ކޯޓަށް ދިޔަ މީހަކު އަނބި މީހާ ކޮށްދީފައިވާ ކަންތަކަށް ފައިސާ ދެއްކުމަށް ޗައިނާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

ޗައިނާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާގެ މައްޗަށް 50،000 ޔުއާން (7،700 އެމެރިކާ ޑޮލަރު) ދައްކަން ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާގެ އަނބިމީހާ ގޭގައި ކޮށްދީފައިވާ ކަންތަކަށާއި އެމީހުން ކައިވެނި ކޮށްގެން އުޅުނުހާ ދުވަހު ކޮށްދިން ކަންތަކަށެވެ.

އެގައުމުގެ ގާނޫނު ބުނާ ގޮތުން ނަމަ ވަރިވާން ބޭނުންވެއްޖެ ހާލަތެއްގައި ވަރިވާން ބޭނުންވާ މީހާގެ ފަރާތުން ބަދަލު ލިބޭނެ ގޮތަށް މިހާރު ވަނީ ހަދާފައެވެ.

މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ އަންހެން މީހާއަކީ ގެއިން ބޭރު އެއްވެސް ތަނަކަށް ވަޒީފާއަކަށްދާ މީހެއް ނޫނެވެ. އެހެން ނަމަވެސް ބަދަލު ހޯދަން އޭނާ އެދިފައިވަނީ މިދިޔަ އަހަރު އޭނާގެ ފިރިމީހާ ވަރިވުމަށް ސިޓީ ހުށަހެޅި ފަހުން ގޭތެރޭގައި ކޮށްފައިވާ މަސައްކަތަށެވެ.

މީގެ އިތުރުން އޭނާގެ ދަރިފުޅަށް ކޮންމެ މަހަކު 2،000 ޔުއާން ދެއްކުމަށްވެސް ވަނީ އަންގާފައެވެ.

ޗައިނާއިން އެފަދަ ނިންމުމެއް ނިންމާފައިވާއިރު، ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި އެ އަދަދަކީ އެއީ ދަށް އަދަދެއް ކަމަށް ބުނެފައެވެ. އެގޮތުން ބައެއް މީހުން ބުނެފައިވަނީ ބައެއް މީހުންނަށް މަހަކު 10،000 ޔުއާންވެސް ލިބޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހު

    ކޮންއިރަކުތަ؟އަނބިމީހާ ފިރިމީހާ ބަރިކުރާގޮތަށް ހަމަޖެހުނީ ކޮންގާނޫނަކުން

    • ފަވާޒް

      އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ކަރާމަތައް ގެއްލުމެއް ނޫންކަން ދެކޭ ބަޔަކު އަދި އަނބިމީހާއަށް ފިރިމީހާ ވަރިކުރެވޭ ގަވާއިދު ހެދިޔަސް އެއީ ހައިރާންވާންވަރުގެ ކަމެއްނޫން. މިހާރު އެހަދާލީ އިނދެގެން އުޅޭދެމީހުން އެއްކޮއް ދިރިއުޅޭ އިރު ކުރާ މަސައްކަތަކީވެސް ކޮމާޝަލް އެއްޗަކައް. އެކަމަކު އިންނަނީ ލޯބިން ޒަވާޖީހަޔާތެއް އުޅުމަށޯ. މިހެން މިކަން އޮތިއްޔާ އަނބިީހާގެ ޖިންސީ ބޭނުންތައް ފުއްދަދިނުމައް ފިރިމީހާ ހޭދަކުރާ ހަކަތައަށްވެސް އަގުދޭންޖެހޭނެ. އަދި ދަރީން ބަލާބޮޑުކޮއްދޭތީ މައިންބަފައިންވެސް ދަރީންނައް ބިލު ކުރަންޖެހޭނެ. ބޮލު ރޮދި ކެނޑިފަ ތިބޭ ޣައިރު މުސްލިމުންގެ ދެއުޅިއެއްނުވާކަން މިފަދަ ޚަބަރުތަކުން ވަރައް ފުރިހަމައަށް ބުއްދީގެ އަހުލުވެރީންނައް ހާމަކޮއްދޭ.