މީގެ ކުރިން މަގުމައްްޗަށް ކުނި އަޅާ ވާހަކަ ދައްކައިފިނަމަ ކޮންމެ މީހަކުވެސް ދައްކާ އެއްބަހަނާއެއް އޮވެއެވެ. އެއީ މަގުމައްޗަށް ކުނި އަޅަނީ އެނޫން އިތުރު އެހެން ގޮތެއް ނެތީމައެވެ. ނަމަވެސް މިއަދު މާލޭގައި ދިރިއުޅޭ މީހުންނަށް އެގޮތަށް އެވާހަކަ ދެއްކޭކަށް ނެތެވެ. ސަބަބަކީ މާލޭގެ މަގުތަކުގައި ކުނި އަޅާނެ ޑަސްޓްބިން މިއަދު މިވަނީ ބެހެއްޓިފައެވެ.

ބޮއެފައި ބުއި ފުޅިއާއި ދަޅު މަގުމައްޗަށް އެއްލާލާ ވާހަކަ މީގެ ކުރިން ދެއްކި ނަމަވެސް މަގުތަކުގައި ޑަސްޑްބިން ބެހެއްޓުމުގެ ސަބަބުން މިކަމަށް ކުޑަ ނަމަވެސް ހައްލެއް އަންނަނާނެ ކަމަށް ޤަބޫލު ކުރަމެވެ. މަގުމައްޗަށް ކުނި ނާޅަން ދަބަހަށާއި ޖީބަށް ކުނި އަޅައިގެން އުޅުނު މީހުންނަށްވެސް މިލިބުނީ ލުއިޔެއްތާއެވެ. މިވާހަކަތައް ބާއްވާފައި މިގޮތަށް ޑަސްޓްބިން ބެހެއްޓުމުން ނިކުންނާނެ މައްސަލައަކަށް ބަލާލަމާ ހިގާށެވެ.

މައްސަލައަކަށްވަނީ މިގޮތަށް ޑަސްޓްބިން ބެހެއްޓުމަކުން ނޫނެވެ. އެގޮތް ކިތަންމެހާވެސް ރަނގަޅެވެ. އަދި މިއީ މާކުރިންވެސް ކުރަންޖެހިފައި އޮތް ކަމެކެވެ. މައްސަލައަކަށް މިކަންވާ ހިސާބަކީ މަގުތަކުގައި ބެހެއްޓިފައިހުރި ޑަސްޓްބިން ތަކަށް ގޭގައި އުފައްދާ ކުނި އަޅާ ހިސާބެވެ.

މާލޭގެ މަގުތަކަށް ނަޒަރު ހިންގާލާއިރު ގޮޑުކަން އަބަދުވެސް އިޙްސާސް ކުރެވެއެވެ. ހަމައެކަނި މަގު މައްޗަށް ދަޅާއި ފުޅި އުކާފައި ހުރުމަކުންނޫނެވެ. މަގުމައްޗަށް އުކާލަން އޮންނަ ބަތް ކޮތަޅުވެސް އެއްލާލާފައި އޮންނާތީއެވެ. މަގުތަކުގައި ޑަސްޓްބިން ބެހެއްޓުމާއެކު ގޭގައި އުފައްދާ ކުނި މި ޑަސްޓްބިން ތަކަށް ނާޅާނެއެކޭ ދެންނެވޭކަށް ނެތެވެ. ކުނި އުކާލާނެ ތަނަކީ ތިމާއަށް އެންމެ ފަސޭހަ ހިސާބަކަށް އެއްލާލުން ކަމަށް ތިމާއަށް ޤަބޫލު ކުރެވޭނަމަ މިކަން މިގޮތަށް ނުހިގާނެއެކޭ ދެންނެވޭކަށް ނެތެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    ތިކަންވެސް ބޮއްސުން ލާނެ !

  2. ސުކޫރު

    ދިވެހިންނަކީ ވަރަށް ލަދު ހަޔާތް ކުޑަ ބައެއްްްްްްްްްްްްްްްްްްްްްްްްްްްްް.

  3. ނަވާޒު

    ތިޔަ މާލެ އިން ކުނިވަހެއް ނު ކެނޑޭނެ!!!!

  4. މީ

    ޔާﷲ އަޅަމެނައް ހެޔޮ އަމާން ހިއްފަސޭހަ މަންޒިލަކަށް މާލެ ހައްދަވާށި އާމީން

  5. ހުސޭނުބޭ

    ރަގަޅު ވާހަކައެއް!