މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކެކްޓަސް މަލެއް ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުން ފެނިއްޖެއެވެ.
އިނގިރޭސިވިލާތުގެ އެމެޒަން ރެއިން ފޮރެސްޓްގައި ހެދިފައި ހުރި ކެކްޓަސް ގަހެއްގައި އަޅާފައިވާ މަލަށް ދީފައިވާ ނަމަކީ "މޫންފްލާވަރ" އެވެ. އެމާ ފޮޅިފައި ހުންނާނީ 12 ގަޑިއިރަށް ކަމަށް ސައިންސްވެރި ބުނެއެވެ. އެއީ އިރުއޮއްސޭރުން ފަށައިގެން އިރުއަރަންދެނެވެ.
މި މާ ފޮޅޭތަން މުޅި ދުނިޔޭގެ އެންމެންނަށް ފެންނާނެ ގޮތަށް އެތަނުގައި މަސައްކަތް ކުރާ މީހުން ވަނީ ވީޑިއޯ ހިއްސާ ކޮށްފައެވެ.
ބޮޑުކޮށް ހެދޭ މި މަލުން ދުވާނީ ވަރަށް ފޮނި މީރު ވަހެކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ވަހަކީ އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ ރިހާނާ ޖަހާ ސެންޓުގެ ވަހެވެ.
މި މާ ފޮޅިގެން 2 ގަޑިއިރު ފަހުން އޭގެ ވަސް ބަދަލުވާނެ ކަމަށާއި އެގޮތުގައި މާ މިލަންދެން ހުންނާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. މި މަލަކީ އެންމެ 12 ގަޑިއިރަށް ފޮޅިފައި ހުންނަ މަލެއް ނަމަވެސް، މި މާ އަޅާ ގަހަކީ އުމުރު ދިގު ގަހެއް ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ. އެގޮތުން މަލެއް ނޭޅި ނަމަވެސް ގިނަ ދުވަހަކަށް ގަސް ހުންނަ ކަމަށް ވަނީ ބުނެފައެވެ.
މި މާ ފޮޅޭތަން ވީޑީއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބަޔަކު ވަނީ އެ ވީޑިއޯ ބަލާފައެވެ.
ކޮބާތޯ ވީޑިއޯ
ކުއީން އޮ ފް ދަ ނައިޓް ކިޔާ މަލެއް ވެސް އިންނާނީ ތިހެން. ރޭގަނޑު ފޮޅެނީ.. ޓާރކީ ޑްރާމާއެއް ވެސް އޮންނާނެ އެހެންކިޔާ. ފް ދަ ނައިޓް ކިޔާ މަލެއް ވެސް އިންނާނީ ތިހެން. ރޭގަނޑު ފޮޅެނީ.. ޓާރކީ ޑްރާމާއެއް ވެސް އޮންނާނެ އެހެންކިޔާ.
ބޭހަކައް ވޭތޯ ބަލާބަލަ ތިމާ އަޅެ