ޗައިނާގެ ކާރުބާރުބޮޑު މަގެއް ހުރަސް ނުކުރެވި ހުރި އުމުރުން ދުވަސްވީ މީހަކަށް ފުލުހަކު އެހީތެރިވުމުން އެކަމަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ވަރަށް ގިނަ ވެހިކަލްތައް ދަތުރު ކުރަމުން ދިޔަ މަގުމަތިން މީހުން ހުރަސްކުރަން ވެހިކަލްތައް މަޑުކޮށް ހުރިހާ އެންމެން މަގު ހުރަސްކޮށް ނިމުނު އިރުވެސް އުމުރުން ދުވަސްވީ މީހާ އަށް މަގުހުރަހެއް ނުކުރެވުނެވެ. އަސާގަނޑެއް ހިފައިގެން ވަރަށް މަޑު ހިނގުމެއްގައި ކުރިއަށް ދިޔަ އުމުރުން ދުވަސްވީ އެފިރިހެން މީހާ އަށް އެހީވީ މަގުމަތީގެ ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެކެވެ.

ގިން ވެއިޖީ ނަމަކަށް ކިޔާ ފުލުސް އޮފިސަރު ވަނީ މަގު ހުރަސް ނުކުރެވިގެން އުޅުނު މުސްކުޅިއާ ކައިރިއަށް ގޮސް އޭނާ އާއި ވާހަކަދައްކާލުމަށް ފަހު އޭނާގެ ބުރަކަށި މައްޗަށް މުސްކުޅިއާ ނަގާފައެވެ. މުސްކުޅިއާ ބުރަކަށިމަތީގައި ބާއްވައިގެން ފުލުސް އޮފިސަރު ވަރަށް އަވަހަށް މަގު ހުރަސް ކުރިއެވެ.

https://www.youtube.com/watch?v=_SybUIBGDTU

މިކަން ހިނގީ އިއްޔެ ހެނދުނު އެންމެ ޓްރެފިކް ބާރުބޮޑުވި ގަޑީގައެވެ.

ފުލުސް އޮފިސަރު މުސްކުޅިއާ އަށް އެހީވުމުގެ ގޮތުން ކަންތައް ކުރި ގޮތް ފާހަގަކޮށް ޗައިނާގެ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ވަރަށް ގިނަ މީހުން ގެންދަނީ ފުލުސް އޮފިސަރަށް ޝުކުރު އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހްމަދު

    ތީދެން މާމޮޅު ވާހަކައެއްތަށް