ރަޝިއާގެ ފިރިހެނަކު އޭނާގެ ގޭގެ ބަގީޗާގައި ގަހެއް އިންދަން އުޅެނިކޮށް އޭނާ މިހާރު އިނދެގެން އުޅޭ މީހާ ކުރިން ކައިވެނި ކުރި މީހެއްގެ ކަށިތައް ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބަގީޗާގައި ގަހެއް އިންދަން ބިންގަނޑު ކޮނެލި ވަގުތު އިންސާނެއްގެ ހަށިގަނޑު ފިރިހެން މީހާ އަށް ފެނުމުން ވަގުތުން އަނބިމީހާ އަށް ގޮވިއެވެ. ފިރިމީހާ ވަރަށް ހާސްވެފައި ހުރި ނަމަވެސް 60 އަހަރުގެ އަނބިމީހާ ހުރީ ވަރަށް ހަމަޖެހިގެންނެވެ.

އަނބިމީހާ ބުނީ "ބިރުނުގަނޭ. ތިއީ އަހަރެން ފުރަތަމަ ކައިވެނި ކުރި މީހާގެ ކަށިތައް." ކަމަށެވެ.

އަނބިމީހާ ކިޔައިދިން ގޮތުގައި މީގެ 20 އަހަރު ކުރިން އޭނާގެ ފިރިމީހާ އަށް ކޯރާޑިއަކުން ހަމަލާދީ މަރާލަން ޖެހުނީ ފިރިމީހާ އޭނާ އަށް އަނިޔާ ކުރާ ވަރުންނެވެ. ފިރިމީހާ މަރާލުމަށް ފަހު ގޭގެ ގޯތިތެރޭގައި ފިރިމީހާ ވަޅުލި ކަމަށާއި އެވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާ ކަމަށް އަނބިމީހާ ކިޔައިދިނެވެ.

ފިރިމީހާ މަރާލުމަށް ފަހު އަނބިމީހާ އާއިލާ މީހުންނާއި ރައްޓެހިން ކައިރީގައި ބުނީ ފިރިމީހާ ވަޒީފާ އަށް ދިޔަ ގޮތައް އެނބުރި ނާންނަ ކަމަށެވެ.

ބަގީޗާ ކޮންނަނިކޮށް މިހާރުގެ ފިރިމީހާ އަށް އިންސާނެއްގެ ކައްބޮލެއް ފެނުމުން އަނބިމީހާ ހުރިހާ ވާހަކައެއް ފިރިމީހާ އަށް ކިޔައިދިނެވެ. ފިރިމީހާ ވަނީ މިކަން ވަގުތުން ފުލުހުންނަށް ރިޕޯޓް ކޮށްފައެވެ.

ފުލުހުން މިހާރު ވަނީ އަންހެން މީހާ ހައްޔަރުކޮށްފައެވެ. އޭނާގެ ގޭގެ ގޯތިތެރެ ކޮނެގެން ފުލުހުން މިހާރު ވަނީ އިތުރު ކަށިތައް ވެސް ހޯދާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ މައްޗަށް މަދުވެގެން ދިހަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު