ބައެއް ހާލަތްތަކުގައި ތިމާއަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. ހާސްވެ ކަންބޮޑުވާ ވަގުތުތަކުގައެވެ. އަދި މިފަދަ ވަގުތެއްގައި މީހެއްގެ އެހީތެރިކަން ލިބުމަކީ މީހާއަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެވެ.

މަތީގައި އެވާ ފޮޓޯއިން އެ ދައްކައިދެނީ އެފަދަ މަންޒަރެކެވެ. ޕޮޓޯގައި އެވަނީ ކުޑަ ކުއްޖެއް އަލިފާން ނިވާ މީހެއްގެ ކޮޑުގައި ބޯއަޅާލައިގެން އޮއްވައެވެ. އެކުއްޖާއަށް އެއީ ކާކުކަމެއްވެސް ނޭންގެއެވެ.

މިކަން ހިގިގޮތް ފޮޓޯގައިވާ އެވާ ފިރިހެން މީހާވަނީ ފޭސްބުކް މެދުވެރިކޮށް ކިޔާ ދީފައެވެ. ފިރިހެން މީހާ ކިޔާދިން ގޮތުގައި މިކުއްޖާއަކީ އެކްސިޓެންޓް ވި އިރު ކާރު ތެރޭގައި އިން ކުއްޖެކެވެ.

" މާބަނޑު މީހެއް އެކްސިޑެންޓްވެގެން އުޅޭ ވާހަކަ ރިޕޯޓް ކުރުމުން އެތަނަށް ދިޔައީ. ދިޔައިރު، ކާރު ތެރޭގައި އިން ކުއްޖެއް ވަރަށް ބާރަށް ރޯން. މަންމަ އޮތީ ހޭނެތިފަ. " މިމީހާ ފޭސްބުކްގައި ލިޔެފައިވެއެވެ.

މިމީހާ ބުނި ގޮތުގައި މި ކުއްޖާ އުރާލިތަނާ ވަރަށް ބާރަށް ބައްދާލައިފައި ރޯން ފެށި ކަމަށާއި އަދި އެކުއްޖާ ބޭނުންވީ ކޮޑުމަތީގައި ބޯއަޅާލައިގެން އޮންނަން ކަމަށެވެ.

" އެކުއްޖާ ސަލާމަތް ކުރީ ގޮސް. މަންމަ ހޮސްޕިޓަލްއަށް ގެންދިޔައީމަ ނެތް އެކުއްޖާއާ ހަވާލުވާނެ މީހެެއް. އެކުއްޖާ ބޭނުމެއް ނުވި އެއްވެސް ތާކަށް ދާކަށް.. " ފޭސްބުކް ޕޯސްޓްގައިވެއެވެ.

އަލިފާން ނިއްވާ މިމީހާ މިކުއްޖާއާ އެކު މަގުމަތީ އެތައް ގަޑިއިރެއް ހޭދަކޮށްފައިވެއެވެ. އަދި އެކުއްޖާ ރަނގަޅު ވަންދެން ކުއްޖާ ކައިރި ހުއްޓާ ހޮސްޕިޓަލްގައި މަޑުކޮށްފައިވެއެވެ. މިމީހާ ފޭސްބުކްގައި ކުރި މިޕޯސްޓް ގިނަ ބަޔަކުވަނީ ޝެއަރކޮށްފައެވެ. އަދި މިކުއްޖާއާމެދު ބެހެއްޓި ގާތްކަން ފާހަގަކޮށް ގިނަ ބައެއްގެ ތަޢުރީފް މިމީހާއަށްދަނީ ލިބެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    ލިޔުންތަށް ލިޔާއިރު ރަނގަޅަށް ކުއްތަށް ކަނޑާ މީހުންނަށް އެބުނާއެއްޗެއް ރަގަނޅަށް ފަހުމްވާގޮތަށް ލިޔެބަލަ
    ތީދެން ތަންކޮޅެއްބޮޑުވަރު