ޓެކް ކުންފުނިތަކުގެ ތެރެއިން މިހާރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކުންފުންޏަކީ އެޕަލް ކުންފުންޏޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ފޯން، ހެޑްސެޓް، އައިޕެޑްގެ އިތުރުން ލަވަޖަހަން ބޭނުންކުރާ މޮޅު ސްޕީކަރުތައްވެސް އެޕަލް އިން އުފައްދާ އިރު މި ކުންފުނީގެ އުފެއްދުންތަކަކީ ގިނަ ބަޔަކު އިތުބާރު ކުރާ އަދި ކޮލެޓީ ރަނގަޅު އުފެއްދުންތައް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އެޕަލްގެ އުފެއްދުންތަކުގެ ކޮލެޓީ ރަނގަޅު ކުރުމަށް އަދި އިތުރަށް ފުރިހަމަ ކުރުމަށް އެ ކުންފުނިން ވަރަށް ގިނަ މަސައްކަތްތައް ކުރެއެވެ. ތަޖުރިބާކާރުންގެ ޓީމުތައް ކުންފުނީގެ އުފެއްދުންތައް އީޖާދުކުރުމުގައި އުޅޭ އިރު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ހިދުމަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ އެއް ކަމަކީ ކުރިއަރާފައިވާ ކުންފުނިތައް ނުވަތަ އާ އުފެއްދުންތައް އީޖާދުކުރާ ކުންފުނިތަކުގެ ހިޔާލު ހޯދައި އެ ކުންފުނިތައް އެޕަލްގެ ދަށަށް ގެނައުމެވެ.

އެޕަލް އިން މިހާތަނަށް ޓެކްނޮލޮޖީގެ ގޮތުން ކާމިޔާބީތައް ހޯދާފައިވާ އެތައް ކުންފުންޏެއް ގަނެފައިވާ އިރު އޭގެ ތެރޭގައި ހިމެނޭ ބައެއް ކުންފުނިތަކަކީ ބީޓްސް އިލެކްޓްރޯނިކްސް، ޝަޒަމް، ޕްރައިމް ސެންސްއެވެ. ފާއިތުވި ހަ އަހަރު ތެރޭގައި އެޕަލް އިން ވަނީ 100 އެއްހާ ކުންފުނި ގަނެފައެވެ.

އެޕަލް އިން މިހާތަނަށް ގަނެފައިވާ އެންމެ އަގު ބޮޑު ކުންފުންޏަކީ ބީޑްސް އިލެކްޓްރޯނިކްސްއެވެ. އެޕަލް އިން ބީޑްސް އިލެކްޓްރޯނިކްސް ކުންފުނި ގަނެފައި ވަނީ ތިން ބިލިއަން އެމެރިކާ ޑޮލަރަށެވެ. އެ ކުންފުންޏަކީ ހެޑްފޯން އުފައްދާ ކުންފުންޏެވެ. އެއީ މަޝްހޫރު ރެޕާ އަދި ޕްރޮޑިއުސާ ޑރ. ޑްރޭ ގެ ކުންފުންޏެކެވެ.

2018 ވަނަ އަހަރު އެޕަލް އިން 400 މިލިއަން ޑޮލަރަށް ގަތް މިއުޒިކް ރިކޮގްނިޝަން ކުންފުނަޏަކީވެސް އެޕަލް އިން ފަތް ހައި ޕްރޮފައިލް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު