އެމެރިކާގެ ރިޖްވައިލްގައި މީހަކަށް ފާރަ ލުމުމުގެ ކުށުގައި އޫރެއް ހައްޔަރުކޮށްފިއެވެ.

ރިޖްވައިލްގެ ފުލުހުން ހާމަ ކުރާގޮތުގައި އޫރު ހައްޔަރުކޮށްފައިވަނީ ފާރަލީކަމަށްބުނެ މީހަކު ރިޕޯޓް ކުރުމުގެ ސަބަބުންނެވެ. މިހާދިސާ ހިނގިގޮތްވަނީ ބޭރުގެ މީޑިޔާތަކަށް މިކަން ރިޕޯޓް ކުރި 35 އަހަރުގެ ރަޔަން ކިޔާދީފައެވެ.

ރަޔަން ބުނި ގޮތުގައި އޭނާ އޮފީސް ނިންމާފައިފައި ގެޔަށް އައި މަގުމަތީގައި މީހެއް ނުވަތަ އެއްޗެއް އޭނާއަށް ފާރަލަމުން އަންނަ ކަމަށް ޝައްކު ކުރެވުނެވެ. އަދި ޝައްކު ކުރެވޭތީ ފަހަތް ބަލާލިއިރު ފާރަލަމުން ދިޔައީ އޫރެއްކަން އެގުނެވެ. އަދި ފުލުހުންނަށް އެމައްސަލަ ޖެއްސީ އޫރުގެ ސަބަބުން އެމީހާއަށް ބޮޑު އުދަގުލަކާ ކުރިމަތި ވުމުން ކަމަށް އޭނާ ބުންޏެވެ.

ފުލުހުން މިކަން ހިނގިތަނަށް ގޮސް އޫރު ހައްޔަރު ކޮށްފައިވީނަމަވެސް ފަހުންވަނީ އެއޫރު ދޫކޮށްލާފައެވެ. އަދި ފުލުހުންގެ ތަޙްޤީޤަށް އެނގުނު ގޮތުގައި މިމީހާ އައި މަސްތުގެ ހާލަތުގައެވެ. އަދި މަސްތުގެ ހާލަތުގެ ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރހހ

    ސާބަހޭ އެމެރިކާ، ގައުމުތަކައް ފާރަލާލާ މިހާރު ތިތިބީ ސައްކުބަލިންފޯވެފަ. ޑިމޮކްރަސީގެ ބަފާ