ބޮލީވުޑްގެ ފިލްމީ ތަރި އިމްރާން ހާޝްމީ އާއި އަމީތާބް ބައްޗަން ފެނިގެންދާ ފިލްމު "ޗެހްރާ" އޭޕްރީލް ތިނެއްގައި ރިލީޒް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިންޑިއަން ފިލްމް އިންޑަސްޓްރީގެ ގިނަ ފިލްމުތައް ރިލީޒް ކުރަމުން އަންނަ މި ދުވަސްކޮޅު ސިނަމާތައް ވަނީ ފުރި ބާރުވާން ފަށައިފައެވެ.

ދިގު މުއްދަތެއް ވަންދެން ރިލީޒް ނުކުރެވި ހުރި އެތައް ފިލްމެއް މިހާރު ރިލީޒް ކުރަމުންދާ އިރު އޭގެ ތެރެއިން އެއް ފިލްމަކީ އަމީތާބް އާއި އިމްރާން ހާޝްމީ ފެނިގެންދާ ޗެހްރާއެވެ.

އިމްރާން ހާޝްމީ އޭނާގެ ޓުވިޓާގައި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހު ބުނެފައިވާ އިރު ފިލްމުގައި ފެނިގެންދާ އިތުރު ތަރީންނަކީ ކްރިސްޓަލް ޑީ ސޫޒާ އާއި އައްނޫ ކަޕޫރްއެވެ.

އަމީތާބް އާއި އިމްރާން ހާޝްމީ އެކީގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމަށް މި ފިލްމު ވެގެންދާ އިރު މި ފިލްމަކީ މިސްޓެރީ ޑްރާމާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ އަނަންދް ޕަންޑިތްއެވެ.

ކިޔުންތެރިންގެ ހިޔާލު