އެމެރިކާގެ އަވަށެއް ކަމުގައިވާ އަރިޒޯނާގެ ދެމަފިރިއަކު އެމީހުންގެ ތުއްތު ދަރިފުޅަށް ގަނެދިން ކުޅޭ އެއްޗެއްގެ ތެރެއިން މަސްތުވާތަކެތި ހޯފައިދިއެވެ.

އެގައުމުގެ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމީހުންނަށް އޭގެ ތެރެއިން މަސްތުވާ ތަކެތި ފެނިފައިވަނީ އެގައުމުގެ ފިހާރައަކުން މިދިޔަ ހަފްތާގެ ތެރޭގައި އެ ކޫޅޭ އެއްޗެއް ގަނެގެން ގެއަށް ގޮސް ބެލި ބެލުމުންނެވެ.

މި ބުދު އަންހެން ދަރިފުޅުގެ އަތަށް ދިނުމުގެ ކުރިން އެ ދެމަފިރިން ބޭނުންވީ އެ ދޮންނަން ކަމަށާއި ދޮންނަން އުޅުނުއިރު ބުދުގެ ފަހަތުގައި އާދަޔާ ޚިލާފް އެއްޗެއް ހުރިކަން މި ދެމަފިރިންނަށް ފާހަގަ ކުރެވުނުވެ. އަދި އޭގެ ތެރެއިން ރަބަރު ކޮތަޅަކަށް އަޅާފައިވާ 5000 ބޭސްގުޅަ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެމަފިރިންނަށް މި ބޭސްތައް ހަމަ ފެނުމާއި އެކު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކުއްޖާއަށް ގަނެދިން ކުޅޭ އެތި

ފެންޓަނީލް ނަމަކަށް ކިޔާ މި ބޭހަކީ އޭގައި ހެރޮއިންއާއި ކޮކެއިންގެ މިންވަރެއް ހިމެނޭ ކަމަށް ސެންޓަރސް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)ގެ ފަރާތުން ބުނެފައިވެއެވެ.

ސީޑީސީގެ ފަރާތުން ބުނެފައިވާ ގޮތުން މިފަދަ ޑްރަގް ތަކަށް އޮވާ ޑޯޒް ވެގެން މަރުވާ މީހުންގެ އަދަދު މިހާރު ވަރަށް މައްޗަށް ގޮސްފައިވެއެވެ.

މި ހާދިސާގެ ސަބަބުން ގާނޫނީ އޮފިޝަލަކު ވަނީ ކުޑަކުދިން ކުޅެން ގެންގުޅޭ އެއްޗެހި ރަނގަޅަށް ބަލައިފައި ނޫނީ އެ ކުދިންނަށް ނުދިނުމަށާއި އަދި މިއީ މިފަދަ މަސްތުވާތަކެތި ކުޑަކުދިންގެ ކުޅޭ އެއްޗެހީގެ ތެރެއިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވެސް ބުނެފައިވެއެވެ.