ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މިފަހަރު އެޅި ހެދުމެއްގެ ސަބަބުން ގިނަ ބައެއްގެ މީމްސްތަކުގައި މި ވާހަކަ ދެކެވެން ފަށައިފިއެވެ. ފެހިކުލައިގެ ފުއްޕާފައި ހުރި ހެދުމެއް ލައިގެން ބޯ އައްސާލައިގެން ހުރެ ޕްރިޔަންކާ ނަގާފައިވާ ފޮޓޯ ހިއްސާކޮށް މާގިނައިރު ނުވަނީސް މީމްސްތަކުން ފެންނަން ފަށައިފިއެވެ.

ޕަފާ ފިޝް، ޕޮކިމަން، އެއާ ބެލޫން، ވޫލް، ކުރިކެޓް ބޯޅަ ފަދަ އެއްޗެހި މީމްސްތަކުގައި ބޭނުން ކޮށްފައިވެއެވެ.

މި މީމްސްތައް ޕްރިޔަންކާއަށް ކަމުދިޔަކަން އެނގެނީ އޭނާ ޓްވިޓާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުންނެވެ. ޕްރިޔަންކާގެ އެ ހެދުމާއި ގުޅުވައިގެން ހަދާފައިވާ ތަފާތު އެތައް މީމްސްއަކާއި އެކު ކޮށްފައިވާ މި ޕޯސްޓުގައި ޕްރިޔަންކާ ބުނެފައިވަނީ އެ ހުރިހާ މީމްސްއެއް ވަރަށް މަޖާ ކަމަށެވެ. އަދި އޭގެ ސަބަބުން ޕްރިޔަންކާގެ ދުވަސް އިތުރަށް ފުރިހަމަވެގެން ދިޔަ ކަމަށެވެ.

ޕްރިޔަންކާގެ މި ޕޯސްޓަށް ކޮމެންޓު ކޮށްފައިވާ ފަރާތަކުން އޭނާއާއި ސުވާލު ކޮށްފައިވަނީ ހެދުން އަޅަނީ ހަށިގަނޑުގެ ރީތި ބައްޓަން ދައްކާލުމަށް ކަމަށާއި ނަމަވެސް އެކަހަލަ ހެދުން ލުމުން ހަށިގަނޑުގެ ބައްޓަން ފެންނާނީ ކިހިނެއްތޯއެވެ.

އާއްމު ގޮތެއްގައި ކޮމެންޓްތަކަށް ޖަވާބު ނުދޭ ނަމަ ވެސް މި ސުވާލަށް ޕްރިޔަންކާ ވަނީ ޖަވާބު ދީފައެވެ. ޕްރިޔަންކާގެ ޖަވާބުގައި ބުނެފައިވަނީ އޭގެ އަސްލު މާނައަކީ ހަށިގަނޑުގެ ބައްޓަން އެއީ ކޮންމެހެން ދެއްކުން މުހިންމު އެއްޗެއް ނޫން ކަމަށެވެ.

މީގެ ކުރިން ވެސް މެޓް ގަލާއާއި އެހެނިހެން ރެޑް ކާޕެޓްތަކުގައި ވެސް ޕްރިޔަންކާ އަޅާފައިވާ ހެދުންތަކުގެ ސަބަބުން މީހުން ވަނީ އެތައް މީމްސްއެއް އެކަމާއި ގުޅިގެން ވެސް ހަދާފައެވެ.