މުރަނގަ ގަހުގެ ފަތާއި ތޮޅި އަކީވެސް ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ.

ދިވެހިންގެ ތެރޭގައި މުރަނގަ ގަހުގެ ފަތާއި، މާ އަދި ތޮޅިވެސް ކެއުމައް ބޭނުން ކުރެއެވެ. މުރަނގަ ފަތަކީވެސް ފައިދާހުރި މާއްދާތަކުން ފުރިގެންވާ އެއްޗެކެވެ.

މުރަނގަ ތޮޅި އަކީ ހަކުރު ބަލި ހުންނަ މީހުން ކާން ވަރަށް ފައިދާހުރި އެއްޗެެކެވެ. މުރަނގަ ތޮޅީގައި ހުންނަ ވިޓަމިނާއި މިނެރަލްސްގެ ސަބަބުން ލޭގައި ގުލްކޯޒް ހުންނަ ވަރު ދަށް ކޮށްދެއެވެ.

މުރަނގަ އަކީި ހަމުގެ އެކި މައްސަލަ ތަކުން ދުރުކޮށްދޭ އެއްޗެކެވެ. އޭގައި ހުންނަ ވިޓަމިން "އޭ" އަދި ވިޓަމިން "ބީ"ގެ ސަބަބުން ހަންގަނޑު އޮމާންވެ، ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ވުމަށް އެހީވެދެއެވެ.

މުރަނގަ ތޮޅި

 

ލޭގެ ޕްރެޝަރު މައްސަލަ ޖެހޭނަ މަ އެކަމަށް ވެސް ލުއި ފަސޭހަތަކެއް މުރަނގަ ފަތާއި ތޮޅި ކެއުމުން ލިބެއެވެ. އާންމުކޮށް މި ކާ ނަމަ ހިތުގެ ބަލިތަކުން ދުރުވެ ހަށިގަނޑުގައި ރަނގަޅަށް ލޭ ދައުރުވުމަށް އެހީވެދެއެވެ.

ކެލްސިއަމް އާއި ދަގަނޑުގެ ބައި ހުރުމުން މުރަނގަ ތޮޅި ކެއުމުން ކަށިތައް ވަރުގަދަ ކޮށްދެއެވެ. އޭގެ އިތުރުން އާންމު ރޯގާ ފަދަ ބަލިތަކުން ދުރުކޮށްދީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަ ކޮށްދެއެވެ.

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން މުރަނގަ ފަތް ކެއުމުން ފަސޭހަތަކެއް ލިބެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުން މުރަނގަ ފަތް ކެއުމުން ސަރުބީ ވިރެެއެވެ.

ކިޔުންތެރިންގެ ހިޔާލު