ޗައިނާގެ ދެކުނުގައި އޮންނަ އަވަށެއް ކަމުގައިވާ ފުޖާންގައި ކައިވެނި ކުރުމަށް ތައްޔާރު ވެފައިވާ ދެ މީހުންގެ ތެރެއިން އަންހެން މީހާ ބޭވަފާތެރިވީކަން ފިރިހެން މީހާއަށް އެނގުމުން އެކަމުގެ ބަދަލު ހިފައި ކައިވެނި ހަފްލާގައި އަންހެން މީހާ ފަޟީހަތް ކޮށްލައިފިއެވެ.

ކައިވެނީގެ ކުރިން އަންހެން މީހާ ބޭވަފާތެރިވީކަން ފިރިހެން މީހާއަށް އެނގުނު ނަމަވެސް އެ ކައިވެނީގެ ކަންތައްތައް ދިޔައީ ކުރިއަށެވެ. ކައިވެނި ހަފްލާއަށް ދެ ފަރާތުގެ އާއިލާ މީހުންނާއި ރަހުމަތްތެރިން ހާޟިރުވެ، ފިރިހެން މީހާ އާއި އަންހެން މީހާ ވެސް ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ސްޓޭޖަށް އައިސް ކައިވެނީގެ އެންމެ ފަހު މަރުހަލާ ފެށުމުގެ ކުރިން މި ދެބައިވެރިންގެ ތަސްވީރުތައް ދައްކުވައިދޭ ވީޑިއޯއެއް އެޅުވުނެވެ.

މި ވީޑިއޯގައި އަންހެން މީހާ ފިރިހެން މީހާގެ ރީތި ފޮޓޯތަކެއް ދައްކަމުން ގޮސް ވަކި ހިސާބަކުން ފެށޭ ވީޑިއޯއަކުން ފެންނަނީ އަންހެން މީހާ އާ ފިރިހެން މީހާގެ ބޭބެއަކާއި ދެމީހުންގެ ގައިގޯޅި މަންޒަރު ތަކެކެވެ. އަންހެން މީހާގެ އިތުރުން ކައިވެނި ހަފްލާގައި ބައިވެރި އެންމެނަށް ވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.

އެވަގުތު އަންހެން މީީހާގެ އަތުގައި އޮތް މާބޮޑި ފިރިހެން މީހާއާ ދިމާއަށް އެއްލުމަށް ފަހު އެ ދެމީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގިއެވެ. އަންހެން މީހާގެ ގާތުގައި ފިރިހެން މީހާ ބުނެފައިވަނީ އޭނާ އެ ކުރި ކަންތައް ނޭނގޭ ކަމަށް ހީކުރި ނަމަވެސް ހުރިހާ ކަމެއް ވެސް އޭނާއަށް އެނގޭ ކަމަށެވެ.

މި ވީޑިއޯ މިހާރު ވަނީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަންނި

    އެއީ ކައިވެނީގެ ކުރީގެ ކަމެއްނު ދެން ތިވަރު ކުރަންޖެހޭތަ.

    16
    6