މަޝްހޫރު މޮޑެލް ކައިލީ ޖެނާއަށް ދާދި ފަހުން ލިބުނު އަންހެން ދަރިފުޅު ސްޓޯރމީގެ ބައްޕައަކީ ކާކުކަން ކަށަވަރު ކުރުމަށް ޑީއެންއޭ ޓެސްޓެއް ހެދުމަށް ކައިލީގެ ކުރީގެ ލޯބިވެރިޔާ ޓީގާ އެދެފިއެވެ.

ޓީގާ އެހެން އެދިފައިވަނީ އޭނާ ކުރި ޓްވީޓެއްގައެވެ. އެޓްވީޓްގައި އޭނާ ވަނީ ކައިލީގެ ދަރިފުޅުގެ ބައްޕައަކީ އޭނާ ކަމަށް ގަބޫލު ކުރާނީ ޑީއެންއޭ ޓެސްޓުން އެކަން ސާބިތުވުމުން ކަމަށް ބުނެފައެވެ.

އެމެރިކާގެ ކެލެފޯނިއާއަށް އުފަން ޓީގާއަކީ އެގައުމުގެ މަޝްހޫރު ރެޕާއެކެވެ. ޓިގާއާއި ކައިލީގެ ލޯބީގެ ހަޔާތް ނިމުމަކަށް އައީ ވޭތުވެދިޔަ އަހަރުގެ ތެރޭގައެވެ. ކައިލީއާއި ޓީގާގެ ލޯބީގެ ހަޔާތް ނިމުނު ފަހުން މާގިނަ ދުވަހެއް ނުވެ ކައިލީ ވަނީ އެހެން މީހަކާއި ލޯބީގެ ގޮތުން ގުޅިފައެވެ. އެގޮތުން ކައިލީ ގުޅުނީ ޓެވިސް ސްކޮޓް ނަމަކަށް ކިޔާ ކަޅުނަސްލުގެ ރެޕާއަކާއެވެ. ސްކޮޓްއާއި ކައިލީ ލޯބީގެ ގޮތުން ގުޅުނުތާ މާގިނަ ދުވަހެއް ނުވެ ކައިލީ ބަނޑުބޮޑުވިއެވެ.

އެއިރު ކައިލީ ބުނަމުން ދިޔައީ އޭނާގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޓީގާ ކަމަށެވެ. ނަމަވެސް އެއިރުވެސް ޓީގާ އެކަމަށް އިންކާރު ކުރިއެވެ.

ކައިލީ ޖެނާ ދާދި ފަހުން އަންހެން ކުއްޖަކު ވިހާފައިވާއިރު އެކުއްޖާ ވިހެއި ފަހުން އޭނާގެ މިހާރުގެ ލޯބިވެރިޔާ އުޅެނީ އެހެން ގެއެއްގައެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި ވާހަކައެއް ނުދައްކައެވެ.

ނަމަވެސް އެމެރިކާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ކައިލީ އޭނާގެ ލޯބިވެރިޔާއާއި ވަކިން އުޅެނީ ދަރިފުޅު މާކުޑަވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މޫސަ

    އިސްލާމް ދީނުގެ ފުރިހަމަ ކަމާއެވެ. މި ދީނުގައި އަންހެނުން ނަށް ދީފާވާ ގަދަރާއި އިހްތިރާމްގެ ބޮޑުކަމާއެވެ. ކައިވެނީގެ މުހިންމު ކަމާއެވެ. އިއްފަތް ތެރި ވުމުގެ ބޮޑުކަން މިކަމުން އެނގޭ އަދި އެންމެ ފުރިހަމަ ނިޒާމެއް އޮތީ އިސްލާމް ދީނުގަ ކަން

  2. އ.ޖ.އ

    ނޭނގެންޏާ ނުލިޔާނި.

    1
    1
  3. ކާފަ

    މަގޭ ނަން ޖަހާލާ. ފަހުން އިތުރުކުރާނީ

    1
    2
  4. އަލީ

    ފެންނަހާމީހަކާއެކު އެއްދާންކުރަންފެށީމަ ނަސްލު އޮޅޭނެ.

    1
    3
    • Anonymous

      ކައިވެނިން ބޭރުގަ ހިންގާ ގުޅުމަށް އެއްދާން ކުރުމޭ ނުކިޔޭނެއެވެ. އޭގަށް ކިޔައި އުޅޭނީ ޒިނޭކުރުމެވެ.

    • ާއަހަރެން

      އެއްދާން ނުކުރާނެ.ޒިނޭކުރުރަނީ.....ކައިވެނީގެ ބޭރުން ކުރާކޮންމެ ކަމެއްވެސް އަންހެނަކާ ފިރިހެނެށް .ގައިގޯލިވެ.