ބޭނުންވާ ތަކެތި

2 ޖޯޑު ވީޓް ފްލޯ
1/2 ޖޯޑު ގާނާފައިހުރި ވޯލްނަޓް
ލޮނުކޮޅެއް
7 ބިހުގެ ގޮބޮޅި
3 ޖޯޑު ހަކުރު
1/2 ޖޯޑު ތެޔޮ
1 ޖޯޑު ކެއްކި ފެން
7 ބިހުގެ ހުދުބައި ގިރުވާފައި
3 ސައިސަމުސާ ބޭކިންގް ޕައުޑަރ
2 ދަޅު ގެރިކިރު
1 މޭޒުމަތީ ސަމުސާ ބަޓަރު
3/4 ޖޯޑު ވޯލްނަޓް ގާނާފައި
1/2 ޖޯޑު ހެވީ ކްރީމް

ތައްޔާރު ކުރާނެ ގޮތް

ފުށާއި 1/2 ޖޯޑު ވޯލްނަޓް އަދި ލޮނު އެއްކޮށްފައި ވަކިން ބަހައްޓާށެވެ.

ދެން ބިހުގެ ގޮބޮޅި، ހަކުރު އަދި ތެޔޮ އަތު މިކްސްޗަރަކުން އެއްކޮށްލާށެވެ. ފެންފޮދެއް އަޅާލުމަށްފަހު ފުށް ތަށި އަދި ބިހުގެ ހުދުބައި އަދި ބޭކިން ޕައުޑަރ އަޅާ އެއްކޮށްލާށެވެ.

ދެން 3 ޓްރޭއަށްވާ ގޮތަށް ތަށްޓައް އަޅާށެވެ. އަދިA 350 ޑިގްރީގައި 20 މިނެޓް ފިހެލާށެވެ.

އުނދުން މައްޗަށް ތަތްނުލަވާ ތެއްޔެއް އުނދުމަށްފަހު ގެރިކިރު، ވޯލްނަޓް އަދި ބަޓަރު އަޅާ އެއްކޮށްލާށެވެ. ކެކުމުން ހެވީ ކްރީއަޅާ ރީއްޗަށް އޮލަކޮށްލާށެވެ.

ދެން ފަހަރަކު ކޭކެއް ބާއްވާފައި ހޭކުމަށްފަހު ލެޔާކޮށް ކޭކު ތައްޔާރުކޮށްލާށެވެ. އަދި ވިޕިންގް ކްރީމް އެއްކޮށް ސާވްކުރާށެވެ.