ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދިން އިންޑިއާ އަންހެނަކު މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ މަދްޔާ ޕްރަދޭޝްގައި ދިރިއުޅެމުން އަންނަ އުމުރުން 58 އަހަރުގެ ރަޖްނި ސެން ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖެހިތާ 12 ގަޑިއިރުތެރޭގައި ކަމަށްވެސް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

އޭނާ އަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށާއި އޭނާގެ އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް މިހާތަނަށް ހުރި ކަމެއް އެނގިފައި ނުވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ މީޑީއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

"ފުރަތަމަ ޑޯޒަށްފަހު އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ނުވަތަ ވެކްސިންގެ ސައިޑް އިފެކްޓެއް ނުދައްކާ. އޭނާ ދެވެނަ ޑޯޒު ޖަހާފައިވަނީ ފުރަތަމަ ވެކްސިން ޖެހިތާ 28 ދުވަސް ފަހުން. ހަމަ އެރޭގައި އޭނާގެ ހާލު ދެރަވާން ފެށީ." ރަޖްނީ އާއި އެކީ މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރަކު ބުންޏެވެ.

އޭނާ މަރުވެފައިވަނީ ވެކްސިންގެ ސަބަބުންތޯ ބެލުމަށް މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ. އަދި ވަކި އެއްޗެކޭ ބުނަން އެނގޭނީ އޭގެ ފަހުން ކަމަށް ފުލުހުން ބުންޏެވެ.

މިއީ މަދްޔާ ޕްރަދޭޝުން ކޮވިޑް-19 ވެކްސިން ޖަހައިގެން މަރުވި ފުރަތަމަ ސިއްހީ ހިދުމަތްތެރިޔާ ކަމަށްވެސް މީޑީއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ކަލޭނޭ ހޭވެރިވޭ

    20
    3
  2. ޒީ

    ﷲގެ ރަހްމަތްފުޅުން ދިވެހިން މިފަދަ ކަމަކުން ސަލާމާތް ކޮއްދެއްވާށި.... އާމީން..

    55
    1
  3. ޒީ

    ރާއްޖޭގަވެސް ލައްކައަކާ ގާތަށް ވެކްސިންޖެހި އިރު ބުއްދިވެރި ގޮތަކަށްވީސް އެއްބަޔަކު 2 ވަނަ ޑޯޒް ނަގަންދެން އެހާގިނަ ބޭފުޅުން ފުރަތަމަ ޑޯޒް ނުޖެހިނަމަ.... މިހާރު މި ޙަބަރު ފެނިގެންވެސް ވެކްސިންޖެހި މީހުން ބިރުގަނެ ނަފްސާނީ ނުވާނެ ކަމެއް ނޭންގެ. ކަރަންޓީންގަ އެކަމި ކޮޓަރިއެއް ތެރޭ އިނދެވޭ ކަހަލަ އިހްސާސެއް.... ވަރަށް ދެރަ..... ﷲ އަށް އޮތް އިތުބާރު ނަގާނުލާތި އެއްވެސް ބޭފުޅެއް... އިންޝާﷲ ރަނގަޅުވާނެ....

    50
    2
    • ތުނިޔަ

      ބަލަ ތިވެކްސިން ޖެހީމަ މަރުނުވާނީތަ؟ ޢއަޖައިބެއް..ރާއްޖޭގައިވެސް ލައްކައެއްހާ މީހުން ވެކްސިން ޖަހައިފި...ގައިމު މަރުވާނީ ވެކްސިން ޖެހިފަހުން.

      3
      1
  4. މާލް

    ޗައިނާގެ ސިނުފާމް އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެ ގެނެސްފަ ހުއްޓަސް މައިމޫނާމެން ކޮވިޝީލްޑް އާއި އަޅަގަނެގެން މި އުޅެނީ ކޮންކަެމެއް ހާސިލް ނުވެގެންކަމެއް ނޭނގެ.

    2
    2
  5. ޙެ

    އެތައް މިލިއަން މީހުން ވެކްސިން އިންޑިޔާ އިން ޖަހައިފި! ދެން މަރުވާ މީހުން ގެ ލިސްޓުގަ ވެސް ވެކްސިން ޖެހި މީހަކު ހުރެދާނެ! އެ ނުބުނެވޭނެ ވެކަްސިންގެ ސަބަބުން ނޭ