ބޭނުންވާ ތަކެތި

01 ކިލޯ ތަރުކާރީ (އެކިވައްތަރުގެ) 4 މޭޒުމަތީ ސަމުސާ ގިތެޔޮ 4 ބޮޑުފިޔާ 4 ލޮނުމެދު 3 ރޯމިރުސް 2 މޭޒުމަތީ ސަމުސާ ހަވާދު 1 މޭޒުމަތީ ސަމުސާ އަޖުނަމޮޓޯ 3 ޖޯޑު ފެން، 3 ބުރި ސުރުވާ އެއްކޮށްފައި ލޮނު

ތައްޔާރު ކުރާނެ ގޮތް

ތަރުކާރީތައް އާދައިގެ ސައިޒަކަށް ކުދިކޮށް ކޮއްޓަވާށެވެ. ފިޔައާއި، ރޯމިރުސް، ކުދިކޮށް ކޮއްޓަވާށެވެ. ލޮނުމެދުކޮޅު ޗިސްކޮށްލައްވާށެވެ. ތެޔޮފޮދު ހޫނުކުރެއްވުމަށްފަހު، ފިޔާ ރަތްކުރައްވާ އޭގެ ތެރެއަށް ލޮނުމެދުކޮޅު އަޅުއްވާށެވެ. ފިޔާކޮޅު ރަތްވުމުން އޭގެ ތެރެއަށް މިރުހާއި، ހަވާދާއި، ސުރުވާފެން އަޅުއްވައިގެން 20 މިނިޓް ވަންދެން ކައްކަވާށެވެ. ބޮކިޖަހާ ކެކެން ފެށުމުން ތަރުކާރީ ތައް އަޅުއްވައިގެން އަދި 10 މިނިޓް ކައްކަވާށެވެ. ދެން ލޮނު ހެޔޮވަރު ކުރައްވާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮބާ ސުރުވާއަކީ

  2. ވޭލްޝާރކް

    މޭޒުމަތީ ސަމުސާ އަޖުނަމޮޓޯ... ކައްކާ ނިމުނުއިރުވެސް އަޖުނަމޮޓޯގެ އަޅާކަށްނެތް... ހާދަ މޮޅޭދޯ މިހާރު މި ކައްކާމީހުން.. ލޮލް