އެއްވެސް މީހެއްގެ އަޖަލު ހަމަނުވަނީސް އެމީހަކު މަރެއް ނުވެއެވެ. ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިވި ނަމަވެސް އަދި އެމީހަކު ދުނިޔޭގައި އުޅުމުގެ ދަންފަޅި ހަމަނުވާނަމަ އެމީހެއްގެ ފުރާނަ ސަލާމަތްވެއެވެ. އެކަން އެންމެ ބޮޑަށް ގަބޫލު ކުރާނީ ރަޝިއާގެ މިތިން ޒުވާނުންނާއި ތިރީގައި އެވާ ވީޑިއޯ ބަލާ މީހުންނެވެ.

މިދިޔަ ހޯމަ ދުވަހު ރަޝިއާގެ މޮސްކޯގައި ހިނގި އެކްސިޑެންޓެއްގެ ވީޑިއޯ އަކުން ފެންނަ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވިގެން ގޮސް މަގުމަތީގައި ތިބި ފުރާވަރު އުމުރުގެ ތިން ޒުވާނެއްގެ ގައިގައި ޖެހެއެވެ.

https://www.youtube.com/watch?v=QA_bXD4ckvs

ކާރުން ޖެހުމާއި އެކު އެމީހުން ފަންސާހަކަށް ފޫޓަށް ވިއްސައިގެން ދިޔައެވެ. އެޒުވާނަކު ކާރުގެ ދަށު ވެސް ވެއެވެ. ނަމަވެސް ބޮޑު އަނިޔާއެއް ނުލިބި ތިން ޒުވާނުން ވެސް ވަނީ ސަލާމަތް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނީ

    އަންހެނެއްދޯ ހުރީ ކާރު ދުއްވަން ސަހަރޯ އެއްލަކިން

  2. ކުޑަހުވަދޫ

    އަޖަލެއް އަންނާނެކަން މަރުވާނެ ކަން ނުދަންނަނީ މިޤައުމުގެ ބައިތުލްމާލުގަ ބައްދައިގެން ތިބި ވަގުންތައް.