ދިވެހިންނަކީ އަބަދުވެސް އެއިރެއްގައި އެންމެ ހިނގާ ކަންކަމާއި ގުޅުވައިގެން ވީޑިއޯތަކާއި، ފޮޓޯތައް ނަގާ ބައެެކެވެ. އަދި އެ ހިނގާ ކަންކަމަށް މީމްތައް ހެދުމަކީވެސް މިހާރު އާއްމު ކަމެކެވެ. މިގޮތަށް މިހާރު އެންމެ ގިނަ ބަޔަކު މީމް ހެދުމުގައި ބޭނުން ކުރާ ޓްރެންޑަކީ "ކޮމްބޯއެއް މާ ސަޅިވާނެ"، މިއެވެ.

މިއީ އަސްލު ދިރާގުގެ އިޝްތިހާރެއްގެ ތަންކޮޅެކެވެ. މީސް މީޑިއާގައި މިހާރު މީތި މިހާ ޓްރެންޑްވެގެން މި އުޅެނީވެސް ޔަގީނުންވެސް އެތައް ބަޔަކަށް އެ އިޝްތިހާރު ނޫނީ ކޮމްބޯ ޕްލޭން ކަމުގޮސްގެންނެވެ.

މިހާރު ޓިކްޓޮކްގައި ވީޑިއޯއެއް ބަލާލިޔަސް ނޫނީ، ފޭސްބުކް ހާވާލިޔަސް ކޮމްބޯއާ ގުޅުވާފައި ކޮންމެވެސް އެއްޗެއް ލާފައި ހުންނަތަން އެބަ ފެނެއެވެ. މިގޮތުން މީސް މީޑިއާގައި ވީޑިއޯ ކްލިޕްތައް ހަދައި، "އައްސު އެނގޭތަ؟ ކޮމްބޯ އެއް މާ ސަޅިވާނެ" ކަމަށް ލިޔެފައި އެބަ ހުއްޓެވެ. އަދި މިފަދަ ވީޑިއޯތަކަށް އެތައް ބަޔަކު ކޮމެންޓްވެސް ކޮށް ހަދައެވެ.

ކޮމްބޯއާ ގުޅޭ މީމްތަކުން މީސް މީޑިއާ ވަނީ ފުރާލަފައި

މިގޮތަށް އާއްމުކޮށް ކޮމްބޯގެ ވާހަކަ އަންނަން ފެށުމުން ބައެއް މީހުންގެ ނުރުހުމުގެ ބަސްވެސް އަމާޒުވެފައި އެބަ ހުއްޓެވެ. އެގޮތުން އެކަކު ވަނީ ކޮމްބޯގެ އިޝްތިހާރެއް ފެނިގެން މި އުޅެނީ އަލަށްތޯ ސުވާލު ކޮށްފައެވެ. އަދި އެގޮތަށް އަބަދު ކިޔާތީވެސް ބައެއް މީހުން މީމްސް ހަދާފައި ޕޯސްޓް ކޮށްފައި ހުރި ތަން އެބަ ފެނެއެވެ.

ކޮމްބޯއާ ގުޅޭ މީމްއެއް

މިފަދަ ޕޯސްޓްތަކުންވެސް އެނގެނީ އަބަދުވެސް ތަފާތު އިޝްތިހާރު ގެނެސްދޭ ދިރާގުގެ ކޮމްބޯ އިޝްތިހާރު ދިވެހިންނަށް ކަމުދިޔަ ކަމެެވެ.

ދިރާގު ކޮމްބޯ ޕްލޭނަކީ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެކެވެ.

ކޮމްބޯ އިޝްތިހާރުގައިވާ މޮޑެލް ވާޝިއާ

އެގޮތުން ދިރާގުން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަސް ތެރޭގައި އެ ކުންފުނީގެ މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލެއް ގެނެސް ތައާރަފް ކޮށްފައި ވަނީ ކޮމްބޯ ޕްލޭންސް ތައާރަފު ކޮށްފައެވެ.

ދިރާގުގެ މި ކޮމްބޯ ޕްލޭން އިޝްތިހާރުގެ ތަންތަންކޮޅު މީސް މީޑިއާގައި މާ ހިނގާއިރު، މިހާރު އެހެން ކުންފުނިތަކުންވެސް މި ކޮމްބޯ މާ ސަޅި ތަންކޮޅު ނަގައިގެން އެ މީހުންގެ ވިޔަފާރި ޕްރޮމޯޓް ކުރާ ތަންވެސް އެބަ ފެނެއެވެ. އެގޮތުން ޕީކަބޫ އާއި ވެލިގާއިންވެސް ވަނީ ދިރާގުގެ މި އިޝްތިހާރުގެ އެ ތަންކޮޅު ނަގާ ވިޔަފާރި ޕްރޮމޯޓްކޮށްފައެވެ. ޔަގީނުންވެސް މިއީ ޓްރެންޑް އެ ފަރާތްތަކަށްވެސް ކަމުދިޔަ ކަމުގެ ހެއްކެކެވެ.

ކޮމްބޯއާ ގުޅުވާފައި ވެލިގާ ހާޑްވެއާ އިން އާއްމު ކުރި އިޝްތިހާރެއް

އަދި މި ނިމުނީއެއް ނޫނެވެ. މިހާރު ޕްރޮފައިލް ޕިކް ބަދަލުކޮށްލާފައިވެސް ކެޕްޝަންގައި ޖަހާލަނީ ހަމަ މިހެންނެވެ. ކޮމްބޯއާ ގުޅޭ ކޮންމެވެސް މޮޅު ވާހަަކަ އެކެވެ. މިހާރު ޓިކްޓޮކްގައި އާއި މީމްސްތައްވެސް އެހާ ގިނަވެ، ކޮމްބޯގެ އަސްލު ބޭނުން އޮޅޭ ހިސާބަށް ގޮސްފިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާއަސްލު

    އިނގޭތަ ކޮންބޯ

    16
    4
  2. މުހައްމަދު

    އަސްލު އެނގޭތަ.. އިސްތިހާރު ގައި ވާޝިއާ ގެ އެކްޓް ވ ސަޅި..

    15
    19
    • ހާލުފޮޅި

      އެކްޓް ކުރަން އިނގޭނަމަ ރަނގަޅު ސަޅިވާން.. މިހާރަކު ނޫޅޭ އެކްޓަރުންނެއް..

  3. Anonymous

    😂😂😂ތިކޮންބޯއެއް ސަޅި ވެގެނެއްނޫން އެންމެން އެއުޅެނީ.ކޮންބޯ ސަޅިނު ވެގެންނާއި އަބަދު ތި އިސްތިހާރެއް ފެނިފެނި ބޮލަށް ވާ އުނދަގުލުން އެންމެން އެމަލާމަތްކުރަނީ.ހަމަ އެ ވަރު ނޭނގޭތަ؟

    30
    2
  4. އޖއ

    މަލީހު ވަކި ކޮއްފިކަން އެބަ އިނގޭ

  5. ޝަރުމަމް، ޕެންސިލް

    ފިރިހެން ސޮރު ހާދަ ރީޗޭ

  6. ހާލުފޮޅި

    ސަޅިވެގެނެއްނޫން، ކަމުނުދާތީ އެހެން ކިޔަނީ، އަބަދު ފެނި ބޮލަށް އުނދަގޫވާތީ، ބަލާލަން ކަމުނުދާތީ..

  7. ފަނީ

    އަސްލު އިނގޭތަ! މިމަންޖެ އެހާ ސަޅިއެއްނުވާނެ