ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޮލީވްޑްގެ އެކްޓްރެސް ކަންގަނާ ރަނައުޓް އިއްޔެ ވަރުގަދަ މެސެޖެއް ދީފިއެވެ. ޕްލާސްޓިކްގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް ކުރަމުން ގެންދާ އަސަރުތައް މީހުންނަށް ވިސްނައިދިނުމުގެ ގޮތުން ކަންގަނާ އިއްޔެ ވަނީ އޭނާގެ ބޮލަށް ޕްލާސްޓިކް ކޮތަޅެއް މަހާފައެވެ.

ޕްލާސްޓިކް މަދު ކުރުމަށް އިސްކަން ދިނުމަށް ގޮވާލާ އިއްޔެ މުޅި ދުނިޔޭގައި ތިމާވެށީގެ ދުވަސް ފާހަގަ ކުރިއިރު ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ އެންމެ ގިނަ ހަރަކާތްތައް އިއްޔެ ކުރިއަށް ގެންދިޔައީ އިންޑިއާ ގައެވެ.

ތިމާވެށީގެ މައްސަލަތަކަކީ ހަމައެކަނި ތިއަރީއެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ޒަމާން ފާއިތުވެގެން ގޮސް މިހާރު ތިމާވެށީގެ މައްސަލަތަކަކީ ހަޤީޤަތެއްކަން އެއްބަސްވުން މަޖުބޫރުވާ ހިސާބަށް ކަންތައްތައް މިވަނީ ގޮސްފައެވެ.

އިއްޔެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް ފަދަ ބޮލީވްޑްގެ މަޝްހޫރު ފަންނާނުން ވަނީ ތަފާތު މެސެޖްތައް ދީފައެވެ. ނަމަވެސް އެންމެ ތަފާތު މެސެޖެއް ދިނީ ކަންގަނާ އެވެ.

ކަންގަނާ މިހާރު ގެންދަނީ އޭނާގެ އާ ފިލްމް މެންޓަލް ހައި ކަޔާގެ ޝޫޓިން ކުރިއަށް ގެންދަމުންނެވެ. ކަންގަނާ އަކީ މީގެ ކުރިން ވެސް ވަރަށް މުހިންމު މެސެޖްތައް ފޯރުކޮށްދީފައިވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު