ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދްރާ ރާއްޖޭގައި ހުންނަތާ މިހާރު ހަތަރު ވަރަކަށް ދުވަސްވެއްޖެއެވެ. މި ހަތަރު ދުވަހުގައި ކުރެވުނު ތަޖުރިބާ އިން ރާޖް ކުންދްރާ ރާއްޖެ ދެކެނީ ދުނިޔެ މަތީގެ ސުވަރުގެއެއްގެ ގޮތުގައެވެ.

ޝިލްޕާ އާއި އޭނާގެ ފިރިމީހާ ރާޖް ކުންދާ މިހާރު ޗުއްޓީ ހޭދަކުރަމުން ދަނީ ސީސައިޑް ފިނޮޅުގައެވެ. ރިސޯޓުގެ ބީޗް މަތީގައި ހުރެ ނަގާފައިވާ ފޮޓޯތަކާއި ކޯމަސް ބަލަންގޮސް ނަގާފައިވާ ގިނަ ފޮޓޯތައް ޝިލްޕާގެ އިންސްޓަގްރާމަށް ވަނީ ލައިފައެވެ.

އަދި ރާޖް ކުންދްރާގެ އިންސްޓްގްރާމުވެސް ދަނީ ފޮޓޯތަކުން ފުރާލަމުންނެވެ.

އެއް ފޮޓޯއެއްގެ ކެޕްޝަނުގައި ޝިލްޕާގެ ފިރިމީހާ ރާޖް ބުނީ އޭނާ އަށް ގަޑި ހުއްޓާލައިގެން ޝިލްޕާ އާއެކު ހުރެވޭ ނަމަ ހުންނާނެ ކަމަށެވެ.

ފިލްމީ ދާއިރާއާ ދުރުގައި ހުންނަތާ 13 އަހަރުވެފައިވާ ޝިލްޕާ އެނބުރި ފިލްމީދާއިރާ އަށް ނުކުތް އިރު އެންމެ އަވަހަށް އޭނާ ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ ސަބީރް ހާންސްގެ ނިކަންމާ، ހަންގާމާ 2 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ތިކަހަލަ މީހުނަށް ހުރި ގޮތަކީ ތިއީކަންނޭގެ !

    4
    2
    • ސައިމުލްޓޭނިއަސް

      ކަލެއަށް ހުރީ ކޮންގޮތެއް.