ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކުޅަނދުރެއް 100 އަހަރު ފަހުން އޮސްޓްރޭލިއާ އިން ފެނިއްޖެއެވެ.

ބެލެވޭ ގޮތުގައި މި ވައްތަރުގެ ކުޅަނދުރު އެންމެ ފަހުން ފެނިފައިވަނީ 1923 ވަނަ އަހަރު ކުއީންސްލޭންޑުންނެވެ.

މި ވައްތަރުގެ ކުޅަނދުރު 1923-1900 އާ ދޭތެރޭގެ އަހަރުތަކުގައި ވެސް ފެނިފައިވަނީ ހަ އެއްޗެވެ. އެހާ ވެސް މަދުން ފެންނަ މި ކުޅަނދުރު ފެނިފައިވަނީ ހަމައެކަނި އޮސްޓްރޭލިއާ އިންނެވެ. ބެލެވޭ ގޮތުގައި ކުޅަނދުރު ފެނިފައި ވަނީ ރެއިންފޮރެސްޓްތަކުންނެވެ.

ސަތޭކަ އަހަރު ފަހުން މި ވައްތަރުގެ ކުޅަނދުރު ފެނިފައިވަނީ ޕީއެޗްޑީ ކިޔަވަމުންދާ ދަރިވަރެއް ކަމުގައިވާ ޖޭމްސް ޑޮރޭ އަށެވެ. ޑޮރޭ ބުނެފައިވަނީ މި ވައްތަރުގެ ކުޅަނދުރާ ބެހޭ ގޮތުން މާ ބޮޑު މައުލޫމާތެއް އަދި ހޯދިފައި ނުވާ ކަމަށެވެ.

ޑޮރޭ ހިޔާލު ދީފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި މި ވައްތަރުގެ ކުޅަނދުރާ ބެހޭ މައުލޫމާތު ހޯދާ ދެނެގަތުމަށެވެ. އަދި އެއަށް ފަހުގައި ހަމަ އެކަނި އޮސްޓްރޭލިއާ އިން ފެންނަ މި ވައްތަރުގެ ކުޅަނދުރު ހިމާޔަތްކޮށް މިއުޒިއަމް ތަކުގައި ޑިިޖިޓަލް ކަލެކްޝަން އެއް ނަމަވެސް ބެހެއްޓުމަށް އޭނާ ހިޔާލް ފާޅު ކޮށްފައިވެއެވެ. މިހާރުވެސް ސައުތް އޮސްޓްރޭލިއާގެ މިއުޒިއަމް ތަކުގައި ބައެއް ވައްތަރުގެ ކުޅަނދުރު ރައްކާކުރެވިފައި އެބަހުއްޓެވެ.

މި ވައްތަރުގެ ކުޅަނދުރަކީ މީހުންނަށް ގެއްލުންގޭ ވައްތަރެއް ނުވަތަ ނޫން ކަމެއްވެސް އަދި ހޯދިފައި ނުވާ ކަމަށް ޑޮރޭ ބުންޏެވެ.