ވިސްނުން ތޫނު، ކާމިޔާބު އަންހެނުން އުޅުން ގޯސް ފިރިހެނުންނަށް ހިތްކިޔާލެއް އެހެން އަންހެނުންނަށް ވުރެ ގިނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެހެން ގޮތަކަށް ބުނާނަމަ، އެއްވެސް އުޅުމެއްނެތް ފިރިހެނަކާއެކު އުޅެދާނެޔޭ އެންމެ ހީނުކުރާ މީހާ ގިނަ ފަހަރު އުޅޭނީ އެފަދަ ފިރިހެނަކާ އެކުގައެވެ.

ކާމިޔާބު އަންހެނަކަށް މީހާ ވަނީ ވަރަށް ބުރަ މަސައްކަތަށް ފަހުގައެވެ. އެހެންކަމުން އެމީހުން ގަބޫލު ކުރާނީ މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެ ކަމަށެވެ. މި ގަބޫލު ކުރުމުގެ ތެރޭގައި ކިތަންމެ ނުބައި ބައިވެރިޔަކާއި އެކުގައި ވިޔަސް އުޅެން ކާމިޔާބު އަންހެނުން މަސައްކަތް ކުރެއެވެ. އެއީ އެމީހެއްގެ ހުރި ގޯސް އާދަތައް ފަހުން ރަނގަޅުވާނެ ކަމަށް ގަބޫލު ކުރާތީއެވެ.

ވިސްނުން ތޫނު އަންހެނުން އަވަހަށް މާފު ކުރެއެވެ. ރުޅި އައިސްގެން ބަހެއް ބުނެފިނަމަ އެއީ ކަމެއްނޫން ކަމުގައި ބަލާ ހަމަޖައްސާ ލާނެއެވެ. މިހެން ކަން އޮތުމުން ނުބައި ފިރިހެނުންގެ ކަޅި އެފަދަ އަންހެން ކުދިންނާއި ދިމާލަށްވެސް ހުއްޓެއެވެ.

'ޑްރާމާ' އަކާއި ނުލައި ފިރިހެނަކު އަޅާލުމާއި ލޯބިދޭނަމަ، ކާމިޔާބު އަންހެނުން އެކަން ގަބޫލެއް ނުކުރެއެެވެ. ކާމިޔާބު އަންހެނުން ގަބޫލު ކުރާ ގޮތުގައި އަޅާލުމާއި ލޯބި ހޯދުމަށް އެމީހުން މަސައްކަތް ކުރަންޖެހެއެވެ. ގޮންޖެހުންތަކާއި ކުރިމަތި ނުވެ ލިބޭ ހިތްހަމަ ޖެހުމަކީ ހަގީގީ ހިތްހަމަ ޖެހުން ކަމަށް ގަބޫލެއް ނުކުރެވޭނެއެވެ.

ކިތަންމެ ވިސްނުން ތޫނު މީހެއް ކަމުގައި ވިޔަސް 'ވޭންދެނިވި' ގުޅުމެއް ބައިވެރިއާއި އެކި ބާއްވައިގެން އުޅެދާނެއެވެ. ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށް ގޮންޖެހުން ތަކާއި ކުރިމަތި ލައިފައި ތިބޭ ގިނަ އަންހެނުންގެ ވިސްނުން ހުންނަނީ އެފަދަ ގުޅުމެއްގައި އުޅެވޭނެ ކަމުގައެވެ. ވިސްނުން ތޫނު އަންހެނުންނަށް ގިނަ ފަހަރަށް ކަމުދަނީވެސް “ހަލަބޮލި” ނުވަތަ “އުޅުން ގޯސް“ ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިއަލިޓީ

    ތިއީ 100 ގެ ވާހަކައެއް.. ރާއްޖޭގައިވެސް އޮފީސްތަކުގެ މަތީ ވަޒީފާގައި އުޅޭ އަންހިންކުދިންވެސް އުޅެނީ ޕާޓޭންނާއި ރައްޓެހިވެގެން.. އަދި ކައިވެނި ކޮއްގެން.. އެމީހުން އަތުންފައިން އެއްކަމެއްވެސް ނުކުރާނެ އަންހިންކުއްޖާއަށް ލިބޭ ފައިސާކޮޅު މުސާރަދޭ ދުވަހު އަތުލާނެ..

    17
    2
  2. ޝަރުމަމް، ޕެންސިލް

    ވަކި އަންހެނެއް ފިރިހެނެއް ނޯވޭ...

    2
    1