އާޖެންޓީނާގެ އުޑުމަތިން އާދަޔާ ހިލާފު ކަމެއް ފެެނިގެން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. އެ ގައުމުގެ އުޑުމަތިން ފެނިގެން ދިޔައީ ނަގޫރޯޅިއެއް ގޮތަށް އަރައިގެން އަންނަ އެތައް ހާސް މަދިިރި އެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ ހިއްސާ ކޮށްފައި ވަނީ ސައިކަލެއްގައި އިން މީހެކެވެ. އެ ވީޑީއޯއިން ފެނިގެން ދަނީ ނަގޫރޯޅިއެއް އަރާ މަންޒަރެވެ. އަދި ކުރިމަތިން ކާރެއް ދާ މަންޒަރުވެސް ފެނިގެން ދެެއެވެ.

ދުރުން ބަލާބެލުމަށް މިއީ ހަމަބޮޑު ނަގޫރޯޅިއެކެވެ. އަދި އޭގެން ސަލާމަތް ވާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ. ނަމަވެސް އެއާއި ކައިރި ވަމުންދިޔަ ވަރަަކަށް އެއީ ނަގޫރޯޅިއެއް ނޫންކަން ވަނީ އެނގިފައެވެ. އެއީ ނަގޫރޯޅިއެއް ކަމަށް ހީވީ އެތައް ހާސް މަދިރީގެ ސަބަބުންނެވެ.

މީހަކު އޭގެ ވީޑިއޯ ޓްވިޓާގައި ހިއްސާ ކުރިއެވެ. އެ ވީޑިއޯއިން އަޑުއިވިގެން ދަނީ، "އެޔޮށްް ބޮޑުވަނީ، އެޔޮަށް ބޮޑުވަނީ އަހަރެންނަށް މިވަރުގެ ކަމެއް އުމުރުގައިވެސް ނުދެެކެން" މިހެން ކިޔާ އަޑެވެ.

ނިއުސް.ކޮމް އިން ބުނެފައި ވަނީ، އާޖެންޓީނާގެ ވެރިވަރަށް ބައުނޮސް އައިރިސް އަށް ދާދި ފަހުން ވަނީ ވަރަށް ބޮޑަށް ވާރޭ ވެހިފައެވެ. އެކަމުގެ ސަބަބުން މަދިރި އެކި ތަންތަނުގައި އާލާވާން ފެށިއެވެ.

އިތުރަށް އެ ރިޕޯޓްގައި ބުނެފައި ވަނީ ވާރޭ ވެހުމުގެ ސަބަބުން މަގުމަތީގައި ފެން ވަރަށް ބޮޑަށް ހެދިފައި ހުރި ކަމަށާއި، އެ ފެންގަނޑުތަކަށް އަންހެން މަދިރި ބިސް އެޅުމުން ވަރަށް ބޮޑަށް މަދިރި އިތުރުވަމުންދާ ކަމަށެވެ.

އަސްލު ނަގޫ ރޯޅީގެ ސަބަބުން އިންސާނުންނަށާއި، ތަންްތަނަށް ބޮޑެތި ގެއްލުންތައް ވެއެެވެ. އެހެން ނަމަވެސް މަދިރީގެ ނަގޫރޯޅީގެ ސަބަބުން އެއްވެސް ކަަހަަލަ ގެއްލުމެއް އިންސާނުންނަށް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު