ދުނިޔޭގެ ދުވަހެއްގެ ދިގުމިން ދަނީ އިތުރުވަމުން ކަމަށް ސައިންވެރިން ބުނަން ފަށައިފިއެވެ.

ސައިންސްވެރިންގެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ދުނިޔެ ދައުރުވާ ބާރުމިން ދަނީ ލަސްވަމުންނެވެ. މިކަމުގެ ސަބަބަކަށް ވެގެންދާނީ ދުވަސްތަކުގެ ދިގުމިން އިތުރުވުމެވެ.

ސައިންޓިސްވެރިންގެ ފަހުގެ ހޯދުންތައް ދައްކާ ގޮތުގައި މުސްތަގްބަލުގައި ދުވަހަކަށް 18 ގަޑިއިރު އިތުރުވުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. ނަމަވެސް އެންމެ އަވަސް ވިޔަސް މިކަން ވުމަށް އަދި 400 މިލިއަން ވަރަކަށް އަހަރު ނަގާނެ ކަމަށާއި އެއީ ވުން އެންމެ އެކަށީގެންވާ ކަމެއް ކަމަށްވެސް ބުނެ އެވެ.

ސައިންސްވެރިން މިކަން ހޯދާފައިވަނީ މީގެ 1.4 ބިލިއަން އަހަރު ކުރިން ދުނިޔެވަށައިގެން ދައުރުވަމުންދާ ހަނދަށްވެސް މި ފަދަ ބަދަލުތަކެއް ވަނީ އައިސްފައި އެވެ. ހަނދު ދަނީ އަހަރު 3.8 ސްޓިމީޓަރު ދުނިޔޭއާއި ދުރަށް ކަމަށް ސައިންސްވެރިން ވަނީ ފާހަގަ ކޮށްފައެވެ.

ސައިންސްވެރިން ވިދާޅުވީ ދުވާލެއްގެ މުއްދަތު ކޮންމެ ސަތޭކަ އަހަރަކުން ދެ މިލިސެކަންޑަށް ލަސްވާ ކަމަށެވެ. އެހެންކަމުން ދުވަހެއްގެ ތެރެއަށް އިތުރު މިނިޓެއް އައުމަށްވެސް 6.7 މިލިއަން އަހަރު ނަގާނެ ކަމަށެވެ.

ދުނިޔެ އުފެދުނު އިރު ދުވަހެއްގެ ދިގުމިން 4 ގަޑިއިރު އަދި އަހަރެއްގެ ދިގުމިން ދެހާސް ދުއިސައްތަ ދުވަސްކަމުގައި ވެފައި، ދުނިޔެ އޭގެ އަމިއްލަ ނަފްސު ވަށައިގެން އެނބުރޭ ބާރު ދަށްވަމުންގޮސް ދުވާލެއްގެ ދިގުމިން 24 ގަޑިއިރަށް ބަދަލުވެ އޭގެ ދެބައިކުޅަ އެއްބަޔަކީ ދުވާލު ކަމުގައި ވެފައި އަނެއް ބަޔަކީ ރޭގަނޑު ކަމުގައި ވަނީވެފައެވެ. މިގޮތަށް ބިން އެނބުރޭ ބާރުމިން ކޮންމެ ޤަރުނަކުން ވަކިވަރަކަށް ދަނީ މަޑުވަމުނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މަ ދެކުނު ލިއުން ތަކުގައި ހުރީ ޤަރުނަކުން 13 ސިކުންތު ލަސްވާކަމަށް.

  2. ކެނެރީ ސޮނި މުގާބޭ

    އައި ޑޯންޓް ނޯ ދިސްޓްރީ ބަނާނާ ދެޓް ޓްރީ ބަނާނާ