ލޯބީގެ ގޮތުން އުޅޭއިރު އެކަކު އަނެކަކަށް ބޭވަފާތެރިވުމުން އެކަމުގެ ބަދަލު ހިފުމުގައި އެތައް ކަންތައްތަކެއް ކުރެއެވެ. ގަބޫލު ކުރަން ދަތި އެތައް ކަމެއްގެ އިތުރުން މީހާ ލަދުގަންނަން ޖެހޭ ވެސް އެތައް ކަމެއް ވެފައި އެބަ ހުއްޓެވެ.

ބައިވެރިޔާ ބޭވަފާތެރިވުމުން އެކަމުގެ ބަދަލު ހިފުމަށް މީހުން ކުރާ ކަންތައްތައް ބައެއް ފަހަރަށް މީސް މީޑިއާގައި ވެސް ހިއްސާ ކުރެއެވެ. މިގޮތުން ޓިކްޓޮކް ކުޅެމުން އަންނަ އެމިލީ އޭނާގެ ލޯބިވެރިޔާ ބޭވަފާތެރިވުމުން ފިރިހެން ކުއްޖާގެ ކޮޓަރީގެ ފާރު ޒީނަތްތެރި ކޮށްފައިވަނީ އޭނާ އެހެން މީހުންނާއި ދައްކާފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓް ތަކުންނެވެ.

އެތައް ބަޔަކު ބަލާފައި، ޝެއާރ ކޮށްފައިވާ މި ވީޑިއޯގައި އެމިލީ އޭނާގެ ލޯބިވެރިޔާއަށް އެންމެ ފުރަތަމަ ޝައްކު ކުރެވެން ފެށުނު ގޮތް ވެސް ބުނެފައިވެއެވެ. އެމިލީގެ ބައިވެރިޔާގެ ކުރީގެ ލޯބިވެރިޔާ ބްލޮކް ކުރުމަށް އެމިލީ ގާތު ބުނެފައިވާ ކަމަށާއި ކުރީގެ ލޯބިވެރިޔާއަކީ ހަމަޖެހޭ މީހެއް ނޫން ކަމަށާއި އޭނާ މަސައްކަތް ކުރަނީ އެމިލީގެ ގުޅުން ހަލާކު ކޮށްލުމަށް ކަމަށް ބުނި ހިސާބުން ޝައްކު ކުރަން ފެށުނު ކަމަށް ވެސް އެމިލީ ބުނެފައިވެއެވެ.

އެމިލީ ބުނެފައިވާ ގޮތުގައި ފިރިހެން ކުއްޖާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ކުރީގެ ލޯބިވެރިޔާ ހާޞިލު ކުރެވޭތޯއެވެ. އަދި ފިރިހެން ކުއްޖާގެ ފޯނާއި އެމިލީ ގާތްވެލާ ކޮންމެ ފަހަރަކު ވެސް އޭނާ ހާސްވާ ކަމަށް ވެސް އެމިލީގެ މި ވީޑިއޯޯގައި ބުނެފައިވެއެވެ.

ފިރިހެން ކުއްޖާ ކުރިން ވެސް މަކަރު ހަދާފައިވާ ކަމަށާއި ކޮންމެސް ބަހަނާއެއް ދައްކައިގެން އެ ފަހަރު ސަލާމަތްވި ނަމަވެސް މި ފަހަރު ނުވާނެ ކަމަށެވެ. އެހެން ކަމުން އެކި ނަންބަރުތަކަށް އޭނާ ކޮށްފައިވާ މެސެޖުތަކުގެ ސްކްރީން ޝޮޓްތައް ނަގައި ފިރިހެން ކުއްޖާގެ ކޮޓަރި ޒީނަތްތެރި ކޮށްލީ ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    އަދިވެސް ފިރިހެން ސޮރު ބަހަނާއެއް ދެއްކީމަ ގަބޫލު ކޮއްގެން އެސޮރާއެކު އުޅޭނީ.