ބޭނުންވާ ތަކެތި

2 ޖޯޑު ބަތް (ބާސްމަތީ ހަނޑޫ) 1 ހުތް އަނބު (މެށުމަށްފަހު ގާނާފައި) ހިކަނދިފަތް 3 މިތުސް ފަޅިކޮށްފައި ރަހަލާވަރަށް ލޮނު 1/4 މސ ރީނދޫ 3 މސ ޕީނަޓް 1މސ މަސްޓަޑް 1 އިންޗި އިނގުރު ކޮށާފައި 3 މސ އޮލިވް އޮއިލް 1 މސ ދޮން މުގު

ތައްޔާރު ކުރާނެ ގޮތް

ތަވައެއްގައި 2 މޭޒުމަތީ ސަމްސާ ތެޔޮ ހޫނުކޮށްފައި، އޭގެ ތެރެއަށް ޕީނަޓްކޮޅު އަޅައިގެން ހަނާކޮށްލާށެވެ. މުގު ކޮޅާއި މަސްޓަޑް ކޮޅުވެސް ހަނާކޮށްލުމަށްފަހު އިނގުރު ކޮޅުވެސް އޭގެ ތެރެއަށް އަޅާލާށެވެ. އިރުކޮޅަކު ބަހައްޓާލުމަށްފަހު ކިހނަދިފަތްކޮޅު އަޅާލާށެވެ. މިރުސްކޮޅުވެސް އަޅާލާ މިލުވާލުމަށްފަހު މިތަކެތި ތައްޓަކަށް ނަގާފައި ބަހައްޓާށެވެ. ދެން ބާކީހުރި ތެޔޮ ފޮދު ތަވަޔަށް އަޅާފއި ގާނާފައި ހުރި އަނބުކޮޅު ތަވަޔަށްއަޅާލާއި އޭގެތެރެއަށް ލޮނު ކޮޅާއި ރީނދޫކޮޅު އަޅާލަށެވެ. ކުޑައިރުކޮޅަކު ކައްކާލުމަށްފަހު ކުރީގައި ތައްޔާރުކޮށްލި ސީޒަނިންގ ބައި މީގެތެރެއަށް އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. ދެ މިނެޓްބަރު ކައްކާލުމަށްފަހު ބަތް ކޮޅު އަޅާލާ، އެއްކޮށްލާށެވެ. ލޮނު މަޑުނަމަ ލޮނުރަހަ ހެޔޮވަރުކޮށްލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު