ދުރަޝްތީ ދަމީ އާއި އޭނާގެ ފިރިމީހާ ނީރަޖް ކެމްކާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އަތުވެއްޖެއެވެ. ދުރަޝްތީ އާއި ނީރަޖް މީސް މީޑިއާގައި އެމީހުންގެ މި އުފާވެރި ޗުއްޓީގެ ފޮޓޯތައް އާންމުންނާ ހިއްސާ ކޮށްފައިވެއެވެ.

އިންޑިއާގެ ޓިވީގެ ޑްރާމާތަކުގައި މަސައްކަތްކޮށް އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދުރަޝްތީ ދަމީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމަށް އައީ އޭނާގެ ފިރިމީހާ އަދި ރައްޓެހިންނާ އެކުގައެވެ. ދުރަޝްތީ ދަނީ ޗުއްޓީ ހޭދަކުރަމުން އަންނަ ގޮތުގެ ހިތްގައިމު ފޮޓޯތައް ހިއްސާކުރަމުންނެވެ.

އޭނާ މީސްމީޑިއާއަށް ދޫކޮށްލާފައިވާ ފޮޓޯއިން ފެނިގެންދަނީ ޕޫލްގައި އަރާމު ކުރަން އޮންނަ މަންޒަރެވެ. އޭނާ ފޮޓޯގެ ކެޕްޝަންގައި ޖަހާފައިވަނީ ޕޫލްގައި ފިނިކޮށްލަނީ ކަމަށެވެ.

ދުރަޝްތީ އޭނާގެ ފިރިމީހާ އާއެކީ އެމީހުންގެ ކައިވެންޏަށް ހަ އަހަރު ފުރުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ދުރަޝްތީ ވަނީ ފިރިމީހާ އަށް ވަރަށް ބޮޑަށް ތައުރީފް ވެސް ކޮށްފައެވެ.

މީގެއިތުރުން ދުރަޝްތީ އޭނާގެ ރައްޓިންނާ އެކީ ފޮޓޯތައް ހިއްސާކޮށްފައިވާ އިރު ބުނެފައިވަނީ އެމީހުން އަލުން ދިމާވީ ތިން އަހަރު ފަހުން ކަަމަށެވެ.

ދުރަޝްތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޓީވީ ޝޯ "ގަތްބަންދަން" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު