އިންޑިއާގެ ދެމަފިރިއަކު ހަތަރު ވަނަ ދަރިފުޅު ލިބުމުން ދަރިން މާގިނަ ވެއްޖެ ކަމަށް ބުނެ އެއް ދަރި އެއްލާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިންޑިއާގެ ކެރަލާގެ އުމުރުން 32 އަހަރުގެ ބިޓޯ ޑޭވިސް އާއި އޭނާގެ އަނބިމީހާ އުމުރުން 28 އަހަރުގެ ޕްރަވިތާ އަށް ލިބުނު ދަރިފުޅު އެއްލާލި މައްސަލައިގައި ދެމަފިރިން ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ދެމަފިރިންނަށް ލިބުނު ހަތަރު ވަނަ ދަރިފުޅުގެ އުމުރުން ތިން ވަނަ އަށް ވީ ދުވަހު ޑޭވިސް ވަނީ އެދަރިފުޅު ގެންގޮސް ޗާޗެއްގެ ދޮރު ކައިރީގައި ބާއްވާފައި ފިލާފައެވެ. ފުލުހުން އޭނާ ހޯދީ ސީސީޓީވީ ފުޓޭޖް ބަަލައިގެންނެވެ.

ދެމަަފިރިން ހައްޔަރުކޮށް ފުލުހުން ސުވާލު ކުރުމުން ދެމަފިރިން ވެސް ބުނީ އެދަރިފުޅު އެއްލާލީ ހަތަރު ވަނަ ދަރިފުޅަށް ބަލިވެ އިނުމުން މާގިނައިން ދަރިން ހޯދަނީ ކަމަށް ބުނެ އާއިލާ މީހުންނާއި އަވައްޓެރިން މަލާމާތް ކުރަން ފެށުމުންނެވެ. އެމީހުން ވެސް އެހައި ގިނަ ދަރިން ބޭނުން ނުވާ ކަމަށާއި ނަމަވެސް އަނބިމީހާ ބަނޑުބޮޑުވީ ކަމަށް ޑޭވިސް ބުނެފައި ވެއެވެ.

މިދެމަފިރިންގެ މައްޗަށް މިހާރު ވަނީ ދަރިންނަށް އިހުމާލުވުމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު