ފޯޑަބަލް ފޯނުތައް އުފެއްދުމަށް ޓެކް ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އުފެދިފައިވާ މިދުވަސްކޮޅު މިހާރު މިވަނީ މަޝްހޫރު ފޯނުތައް އުފައްދާފައިވާ ގޫގުލް ޕިކްސްއެލްއިން ފޯޑަބަލް ފޯނެއް ނެރެން އުޅޭކަމުގެ އަޑުފެތުރިފައެވެ.

ގޫގުލް ޕިކްސްއެލް އިން ނެރޭ ފޯޑަބަލް ފޯނާ ގުޅޭ ގޮތުން ޖޮން ޕްރޮސާ ލީކުކޮށްފައިވާ މައުލޫމާތުގައި ބުނީ އެ ކުންފުނިން ސެމްސަންގް މެދުވެރިކޮށް 7.6 އިންޗީގެ އޮލެޑް ޑިސްޕްލެއި އެއް އުފައްދަން އެދިފައިވާ ކަމަށެވެ.

ފޯޑަބަލް ފޯނަކަށް ބޭނުންވާ ޑިސްޕްލޭއެއް ހެދުމަށް ގޫގުލް ޕިކްސްއެލް އިން ސެމްސަންގް އަށް އެދިފައިވާކަން ޕްރޮސާ ހާމަކުރީ އޭނާ ކޮށްފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓަށް އެތައް ބަޔަކު ކޮމެންޓު ކޮށްފައިވާ އިރު އެއިން އެއް ކޮމެންޓަށް ޖަވާބު ދެމުން ޕްރޮސާ ބުނީ މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ތެރޭގައި ގޫގުލް ޕިކްސްއެލް ފޯލްޑް ނެރޭނެ ކަމަށެވެ.

ފޯޑަބަލް ފޯނު އުފެއްދުމަށް މަޝްހޫރު ޓެކް ކުންފުނި އެޕަލް އިން ވެސް ނިންމާފައިވާ ކަމުގެ އަޑުތައް ވެސް ދާދިފަހުން ފެތުރިފައި ވެއެވެ. ފޯޑަބަލް ފޯނު އުދެއްދުމުގެ ވާދަވެރިކަމުގެ އެންމެ ކުރީގައި މިހާރު އޮތީ ސެމްސަންގްއެވެ.

ގޫގުލް ޕިމްސްއެލް ފޯޑަބަލް ފޯނު ނެރުމުން އެ ފޯނު އެހެން ކުންފުނިތަކުގެ އެފަދަ ހުރިހާ ފޯނެއް ފަހަތައް ވައްޓާލާނެ ކަމުގެ ވާހަކަތައްވެސް ދެކެވެއެވެ.