އިންޑިއާގެ ތެލަންގަނާގައި މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާއެއްގައި ހާލެއް، އިންޑިއާ ފިރިހެނަކު މަރާލައިފިއެވެ. މިކަމާ ގުޅިގެން އިންޑިއާ ފުލުހުން ވަނީ އެ ހާ ހައްޔަރުކޮށް، ގިނަ އިރުތަކެއް ވަންދެން ޕޮލިސް ސްޓޭޝަންގައި ބައިންދާފައެވެ.

އަދި އެ ހާ ކޯޓަށް ހާޒިރުކޮށް އެސޮރުގެ ފައި ބުރި ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމް އިއްވައިފައެވެ.

"ޑެއިލީމެެއިލް" އިން އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ހާ، އެސޮރުގެ ވެެރިފަރާތް މަރާލާފައި ވަނީ، ހާތަކުގެެ މެދުގައި ބޭއްވި "ފައިޓްް ކޮމްޕެޓިޝަން" އަކަށް ފަހުއެވެ.

އެ ހާ ބަލަހައްޓަމުން ދިޔަ މީހާ އަށް ހާލުގެ ފުށުން އަނިޔާވެ އޭނާ ވަނީ ހޮސްްޕިޓަލަށް ދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް ލޭ ހުސްވުމުގެ ސަބަބުން އޭނާ ހޮސްޕިޓަލާއި ހަމައަށް ނުފޯރީ ކަމަށް އެ ނޫހުންް ވަނީ ރިޕޯޓުކޮށްފައެވެ.

މިކަން ހިނގާފައިވާ ވަކި މުއްްދަތެއް އެ ނޫހުން ހާމަކޮށްފައެއް ނުވެެއެވެ. ނަމަވެސް އެ މީހާ މަރާލި ހާ މިހަފްތާގެ ކުރީކޮޅާއި ހަމައަށް އިންޑިއާ ޕޮލިސް ސްޓޭޝަނެއްްގައި ގައިދުކޮށްފައި ބަހައްޓާފައިވާ ކަމަށާއި މިހާރު އެެ ހާ ވަނީ ދޫކޮށްލާފައި ކަމަށް ވެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު ކޭސް އެއްވެސް ވަނީ ކުރިއަށް ގެންްގޮސްފައެވެ. ކޯޓުންް ނިންމާފައި ވަނީ ވެރި މީހާ މަރާލި ހާލުގެ ކިބައިން ދެން އެހެން މީހަކަށްވެސް ގެއްްލުމެއްް ލިބިދާނެ ކަމުގެ ބިރު އޮތުމުންް އޭތީގެ ފައި ބުރިކުރުމަށެވެެ. އަދި ގަވައިދާ ހިލާފަށް އެފަދަ މުބާރާތެއް ބޭއްވި 15 މީހަކު ހޯދުމަށްވެސް އިންޑިއާ ފުލުހުން އަންނަނީ މަސައްކަތް ކުރަމުުންނެވެ. އެ މީހުން މި މައްސަލާގައި ޖަލަށް ލުން އެކަށީގެން ވެއެވެ.

އިންޑިއާގައި ހާތަކުގެ މެދުގައި މިފަދަ މުބާރާތްތައް ބޭއްވުން ވަނީ މަނާވެސް ކޮށްްފައެެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޑް

    ދުނިޔޭގައި އިންސާނުންގެ ތެރެއިން އެންމެ ނާތަހުޒީބު މީހުން ނާއި ބުއްދި ހަމަނުޖެހޭ ކަންކަން ކުރާ 1ވަނަ ދަރަޖައިގެ މީހުން ގިނަވާނީ އިންޑިއާގައި/