ކޮވިޑް-19 ގައި ގާތް މީހަކު ބަލިވުމަކީ ކޮންމެ މީހަކަށް ވެސް ލިބޭނެ ބޮޑު ސިހުމެކެވެ. ޚާއްސަކޮށް ކުއްލި ގޮތަކަށް ބަލިވެ، ރަނގަޅު ހާލުގައި ހުރި މީހަކު ދުނިޔެއާ ވަކިވުމަކީ ކުއްލި ސިހުމެއް ލިބޭނެ ކަމެއްކަން ޔަގީނެވެ. އަމިއްލަ މައިންބަފައިންނާ ދެ ހަފްތާއެްހާ ދުވަސް ތެރޭގައި ވަކިވާން ޖެހުުނު މީހަކަށް ކުރެވޭނެ ހިތްދަތި އިހުސާސް ބުނެދޭން ވެސް ދަތިވާނެކަން ޔަގީނެވެ.

ކޮވިޑް-19 ގައި މަންމަ އާއި ބައްޕަ މަރުވި ކްލެޔަ އަޕްސޭ އަށް އޭނާގެ މައިންބަފައިންގެ މަރާއި ގުޅިގެން ލިބުނު އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ އެ ދެ މީހުން ވަޅުލުމުގެ ކަންކަން ވެސް އިންތިޒާމް ނުކުރެވުމެވެ. އިގިރޭސި ވިލާތަށް އުފަން އެ އަންހެން މީހާގެ ބައްޕަ އުމުރުން 76 އަހަރުގެ ރޭ ސްކޮވެލް ކޮވިޑް އަށް ފައްސިވެ ހޮސްޕިޓަލްގައި އެނދުމަތި ކުރީ ޖެނުއަރީ މަހުގެ ކުރީކޮޅެވެ.

އޭނާ މަރުވީ އެޑްމިޑްކުރިތާ ދުވަސްކޮޅެއް ފަހުން ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ އަނބިމީހާ އަދި ކްލެޔަގެ މަންމަ ރޯސް މެރީ ކޮވިޑް އަށް ފައްސިވެ އިތުރު ފަރުވާ ދިނުމަށް އޭނާ ވެސް ހޮސްޕިޓަލުގައި އެނދުމަތިކުރިއެވެ. ރޯސްމެރީ ކޮވިޑް އަށް ފައްސިކަން އެނގުނު އިރު އޭނާގެ ފުއްޕާމެއަށް ވަނީ ވަރަށް ބޮޑަށް ބަލީގެ އަަސަރުކޮށްފައެވެ. އޭނާ އެނދުމަތި ކުރިތާ ފަސް ވަނަ އަށް ވީ ދުވަހު މަރުވީ އޭނާ އަށް ދިން ފަރުވާ އިން އޭނާގެ ހާލަތަށް ކުރިއެރުމެއް ނުލިބިއެވެ.