ކައިވެނި ކޮށްގެން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ބައިވެރިން ވެސް ދުވަސްކޮޅަކު އެކުގައި އުޅުމަށް ފަހު ކޮންމެވެސް އެކަކު ބޭވަފާތެރިވާ ކަމުގެ ނުވަތަ ފޫހިވާ ކަމުގެ ނުވަތަ ދުރަށްދާ ކަމުގެ އިހުސާސް ކުރެވެއެވެ. ބައިވެރިޔާގެ ފަރާތުން އަންނަނިވި ކަންތައްތައް ފާހަގަ ކުރެވޭނަމަ އަވަހަށް ތި ގުޅުން ވަރުގަދަ ކުރުމަށް ފިޔަވަޅު އަޅާށެވެ. ނުވަތަ ތި ގުޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދާށެވެ.

އެހެން އެންމެން ކުރާ ކަންތައް ރަނގަޅު ނަވަމެސް ތިމާ ކުރާ އެއްވެސް ކަމެއް ރަނގަޅު ނުވުން.

ބައިވެރިޔާ ކަމެއް ސިއްރުކުރާނަމަ ތިބާ ކުރާ އެއްވެސް ކަމެއް ރަނގަޅެއް ނުވާނެއެވެ.

ބައިވެރިޔާ ބޭނުންވާ ގޮތަށް ކަންތައްތައް ނިންމުން.

ތިބާއާއި އެކު ޕްލޭނެއް ކުރި ނަމަވެސް އެންމެ ފޯނު ކޯލަކުން ވެސް އެ ޕްލޭން ކެންސަލް ކޮށްލާފާނެއެވެ.

ތިމާއަށްވުރެ މީސް މީޑިޔާ މުހިންމުވުން.

އަބަދުވެސް ފޯނު ހިފައިގެން އުޅުމާއި ފޭސްބުކް ނުވަތަ އިންސްޓަގުރާމު ފަދަ އެޕްލިކޭޝަން އަބަދު ބޭނުން ކުރާނެއެވެ. އެއީ އެހެން މީހަކާއި ވާހަކަ ދެއްކުމަށް ކަމަށް ވެސް ވެދާނެއެވެ.

ފޯނު ދިނުމަށް އިންކާރު ކުރުން.

ބައިވެރިޔާގެ ފޯނުގައި އަތްލުމަށް އިންކާރު ކުރުމާއި އަބަދު ފޯނު ހިފައިގެން އުޅުމާއި ފޯނު ދިނުމަށް ޖެހިލުން ވުމަކީ ވެސް ވިސްނާލަން ޖެހޭނެ ކަމެކެވެ.

އޮފީހުގެ މަސައްކަތް ލަހުން ނިމުން އާއްމު ކަމަކަށްވުން.

އޮފީސް ނިމުން ލަސްވުމާއި މަސައްކަތް ބުރަވުމުގެ ޝަކުވާތައް ކުރާނެއެވެ.

ބައިވެރިޔާއަށް ކަމެއް ދިމާވެއްޖެ ނަމަ އެއީ ހަމައެކަނި އޭނާގެ ކަމެއްކަމުގައިވުން.

ބައިވެރިޔާއަށް ކުރިމަތިވާ ކަންތައްތައް ތިބާއާއި ހިއްސާނުކޮށް ސިއްރު ކުރުމާއި އެކަން ކަމާއި އަމިއްލައަށް ކުރިމަތިލާނެއެވެ.

ކުށް ގަބޫލު ނުކުރުން.

ބައިވެރިޔާ ދުރުވާކަމުގެ ވާހަކަތައް ދެއްކުމުން ތިބާގެ ބޮލުގައި އެކަން އަޅުވާނެއެވެ.

އެންމެ ގޯސް މީހަކީ ތިބާ ކަމުގައިވުން.

ތިބާގެ އިހްސާސްތައް ހާމަކުރުމުން ތިބާއަކީ ގޯސް މީހެއް ކަމުގެ އިހްސާސް ކުރުވާނެއެވެ. އެއީ ބައިވެރިޔާގެ ގޯސް ކަންތައް ފޮރުވުމަށެވެ.

ކޮންމެ ކަމެއް ވެސް ވަނީ ތިބާގެ ސަބަބުން ކަމަށް ބުނުން.

ކޮންމެ ކަމެއް ދިމާވި ނަމަވެސް އެއީ ތިބާގެ ސަބަބުން ވީ ކަމެއްގެ ގޮތުގައި ނިންމާނެއެވެ.