ބޮލީވުޑުގައި ނެށުމުގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ބަތަލާ މާދޫރޫ ޑިކްޝިތު ކުޅެފައިވާ އެތައް ލަވައެއްގެ ތެރެއިން ވެސް އޭނާއަށް އެންމެ އުނދަގޫވި ނަމަވެސް އެންމެންނަށް ވެސް ކަމުދިޔަ ލަވަތަކަކީ ކޮބައިކަން މަދޫރީ ކިޔައި ދީފިއެވެ.

މަދޫރީ ބުނެފައިވާ ގޮތުގައި 1993 ވަނަ އަހަރުގެ ފިލުމު ''ކަލްނާޔަކް'' ގެ ''ޗޯލީގެ ޕީޗޭ ކިޔާ ހޭ'' ލަވައާއި 1994 ވަނަ އަހަރުގެ ފިލުމު ''އަންޖާމް'' ގެ ''ޗަނޭކެ ކޭތުމޭން'' ލަވައާއި 2000 ވަނަ އަހަރުގެ ފިލުމު ''ޕުކާރު'' ގެ ''ކެ ސެރަ ސެރަ'' ލަވައާއި 1988 ވަނަ އަހަރުގެ ފިލުމު ''ތޭޒާބު'' ގެ ''އެކް ދޯން ތީން'' ލަވައަކީ އޭނާއަށް އިމްތިހާނެއް ކުރިމަތި ކުރުވި ލަވަ ތަކެއް ކަމަށާއި ނަމަވެސް މި ހުރިހާ ލަވައަކީ ވެސް ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ލަވައެއް ކަމަށް ވެސް ބުނެފައިވެއެވެ. މީގެއިތުރުން ''ތަމާތަމާ'' ލަވަ ވެސް ފާހަގަ ކޮށްފައިވެއެވެ.

މަދޫރީ ފާހަގަ ކޮށްފައިވާ ގޮތުގައި މިހާރު ފިލުމުތަކުގައި ލަވަތަކުގެ ނެށުންތަކަކީ ވެސް މިހާރު ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.

''ކޮރެޔޯގްރަފީއަކީ މިހާރު ވަރަށް ޗެލެންޖިން ކަމެއް. މިހާރުގެ ލަވަތަކުގައި ނެށުމުގެ އައު އަދި ތަފާތު ގޮތްތައް ބޭނުން ކޮށްފައި ހުރޭ. އަދި ކުރިއާ އަޅައި ބަލާއިރު މިހާރުގެ ނެށުން ތަކުގައި ހަށިގަނޑު ބޭނުން ކުރާ މިންވަރު ވެސް އިތުރު'' މަދޫރީ ބުނެފައިވެއެވެ.

ކުރީގެ ލަވަތަކުގައި ނަށާއިރު އެއްވެސް ސްޓަންޓެއް ބޭނުން ނުކުރާ ކަމަށާއި ނަމަވެސް މިހާރު ނެށުމުގައި ސްޓަންޓްތައް ވެސް ބޭނުން ކުރާ ކަމަށް މަދޫރީ ފާހަގަ ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު