އިނގިރޭސި ވިލާތުގެތަރި ގްރޭސް ރޯޑްސްއަކީ ބޮލީވުޑުގެ ފިލުމުތަކުގެ ބޮޑު ސަޕޯޓަރެކެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ ބޮލީވުޑުގެ ފިލުމުތަކުގައި މަސައްކަތް ކުރުމަށެވެ.

ނެށުމުގެ ފިލުމެއް ކަމުގައިވާ ''ސްޓްރީޓް ޑާންސަ 3ޑީ'' ގައި ދަރުމޭޝްއާއެކު ފެނިގެން ދިޔަ ގްރޭޝްއަށް އެންމެ ކަމުދާ ނެށުންތެރިއަކީ ޓައިގަ ޝްރޯފްއެވެ.

''އަހަރެންނަށް ފެނިފައިވާ ގޮތުން އެންމެ މޮޅު ނެށުންތެރިޔަކީ ޓައިގަ ޝްރޯފް. ޕަވަ ހައުސް ނެށުންތެރިޔަކީ ރަންވީރު ސިންގް. އަދި އަހަރެން ދެކޭ ގޮތުގައި ކެތުރީނާ ކައިފް އާއި ޝްރަދާ ކަޕޫރާއި ނޯރާ ފަތޭހީ އާއި ޖެކްއަލިން ފެނާންޑަޒްއަކީ ވެސް މޮޅު ނެށުންތެރިން. އަހަރެން އެންމެ މަސައްކަތް ކުރަން ބޭނުންވަނީ ބުޝަން ކުމާރާއި، ފަރަހް ޚާނާއި ކަރަން ޖީހަރުއާއެކު. އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެތައް ފަންނާނުންނެއް ބޮލީވުޑުގައި އެބަ ތިބި. ވަކި މީހެއްގެ ނަން އެހެން ފާހަގަ ކޮށްލަން އުނދަގޫ. އަދި އަރްޖީތު ސިންގްއާއި ގުރޫ ރަންދަވާގެ ލަވަތައް ވެސް ފާހަގަ ކޮށްލަން'' ގްރޭސް ރޯޑްސް ބުންޏެވެ.

ގްރޭސްގެ ފުރަތަމަ ބޮލީވުޑު ފިލުމުގެ ހަނދާންތައް އައު ކުރަމުން ގްރޭސް ބުނެފައިވަނީ އޭނާއަކީ އެކްޓިން އާއި ނެށުމާއި ލަވަކިޔުން ކިޔަވާފައި ހުރި މީހެއް ކަމަށާއި އަދި ސްޓްރީޓް ޑާންސަގެ ނެށުންތެރިންނަކީ ވެސް ވަރަށް މޮޅު ހުނަރުވެރި ބައެއް ކަމަށެވެ. އަދި ރެމޯއާއި އެކު މަސައްކަތް ކޮށްލަން ލިބުމަކީ ވެސް ވަރަށް ހިތްހަމަ ޖެހޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.

ބޮލީވުޑުގެ އިތުރު ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން ބޭނުން ވެފައި ހުރި ގްރޭސްއަށް އެންމެ ބަލާހިތުން ބަލަނީ ޓައިގަ ޝްރޯފްގެ ނެށުމެވެ.

ކިޔުންތެރިންގެ ހިޔާލު