އައިސީޔޫއެއްގެ ތެރެއިން ދިމާވެ އެކަކު އަނެކެއް ދެކެ ލޯބިވެވުނު ދެ ސިއްހީ ހިދުމަތްތެރިންގެ ވާހަކަތައް ކިޔައި ދީފިއެވެ.

ރޯޔަލް ސިރެބްރީ ހޮސްޕިޓަލުގައި ނަރުހެއްްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 23 އަހަރުފެ އޮލީ ފޯސްޓާ އާއި ހަމަ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ޕްރެކްޓިޝަނެއްގެ މަގާމު އަދާކުރަމުން ދިޔަ ހެލެން ބްރިޗްގެ، ލޯބީގެ ވާހަކަ އަށް ގިނަ މީޑިއާތަކެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެެ. "ޑެއިލީމެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެމީހުން އެކަކު އަނެކަކާ ދިމާވެފައި ވަނީ ހޮސްޕިޓަލުގެ އައިސީޔޫގެ ތެރެއިންނެވެ. އޭރު އެ ދެމީހުން ވެސް ތިބީ މާސްކު އަޅައި މޫނު ނިވާކޮށްގެންނެވެ.

އެތައް ހަފްތާއެއް ވަންދެއް އެކަކު އަނެކަކު އައިސީޔޫ ތެރެއިން ފެނި ވާހަކަ ދެއްކުމަށް ފަހު މިހާރު ވަނީ ރަސްމީކޮށް މި ދެމީހުން ލޯބީގެ ގޮތުން ގުޅިފައެވެ.

އޮލީ ބުނެފައިވާ ގޮތުގައި މާސްކު އަޅައިގެން ތިބުމުގެ ސަބަބުން އަދި ދެމީހުން ދައްކާ ވާހަކަތައް ތިންވަނަ ފަރާތަކަށް އަޑު އިވުނަ ނުދިނުމަށް ފުރަތަމަ ވާހަކަ ދައްކަން ޖެހުނީ "ލޮލުންނެވެ." އެއަށް ފަހު ދެމީހުން އެކުގައި ކެއުންތަކަށްގޮސް މިހާރު ލޯބީގެ ގޮތުން ގުޅިފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ހެލެން އަކީ އެ ހޮސްޕިޓަލުގައި މީގެ ކުރިން މަސައްކަތް ކުރާ މީހެއްވެސް ނޫނެވެ. އޭނާ އެ ހޮސްޕިޓަލާއި ގުޅިފައި ވަނީ މިހާރު ފެތުރެެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ދަރުމަވެރިއެއްގެ ގޮތުގައި ކަަމަށް ބޭރުގެ ނޫސްތަކުންވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު