މި ފޮޓޯ ފުރަތަމަ ފެނުނުއިރު ހީކުރީ މިއީ މަޝްހޫރު ކޮމީޑިއަން ފިލްމެއް ކަމަށްވާ މިސްޓަރ.ބީންގެ މަންޒަރެއް ކަމަށެވެ. އެފަދަ ގޮތަކަށް ގިނަ ފަހަރަށް އުޅޭނީ މިސްޓަރ ބީން ތާއެވެ. ނަމަވެސް މިފަހަރު މިއީ އެހެން މަންޒަރެކެވެ.

މަތީގައި އެވާ ފޮޓޯއިން ދައްކައިދެނީ ކުއްޖަކު ސުކޫލްއިން ގޭގައި ހަދަން ހަވާލުކުރި މަސައްކަތް ނިންމާ މަންޒަރެވެ. ކާރު ތެރޭގައި ލިޔަން އުނދަގޫ ވުމުން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށް އެނަތުން ބޭރަށް ނިކުމެ ލިޔަން އިނީއެވެ. ޑެސްކެއްގެ ގޮތުގައި ބޭނުން ކުރަމުން އެދަނީ ކާރެވެ.

މިކަން ހިގާފައިވަނީ ޗައިނާގެ އަވަށެއްގައެވެ. ޗައިނާގެ ނޫހެއް ކަމަށްވާ ދަ ޑޭގައި ރިޕޯޓްކޮށްފައިވާާ ގޮތުން މިފަދަ ގޮތަކަށް ކަންތައް ކޮށްފައިވަނީ ޘާނަވީ ގުރޭޑެއްގައި ކިޔަވަމުން ދިޔަ އަންހެން ކުއްޖެކެވެ. އަދި މިގޮތަށް ކަންތައް ކުރުމަށް ޚިޔާލު ދިނީ އޭނާގެ ބައްޕައެވެ. އެކުއްޖާގެ ބައްޕަގެ ލައިސެންސް މިހާރު ހިފަހައްޓާފައިވާ ކަމަށްވެސް ޗައިނާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު