އަވައްޓެރި އިންޑިއާގައި ރޭލެއްގައި އެކަނި ދަތުރުކުރަމުން ދިޔަ އަންހެނަކު ރޭޕްކޮށްފިއެވެ.

ދެ ފިރިހެނެއް ވެގެން 19 އަހަރުގެ އެ އަންހެނާ ރޭޕްކޮށްފައި ވަނީ ޖަރަޚާންދްގެ މުރީ އަވަށާއި ރަންޗީ އަވަށާއި ދެެމެދުގައި ރޭލު ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުގައި، ޕަންޖާބަށް ނިސްބަތްވާ އެ އަންހެން މީހާ ދަތުރު ކުރަމުން ދިޔައީ އެކަންޏެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ރޭޕްކޮށްފައި ވަނީ ދުއްވަމުންދިޔަ ރޭލް ތެރޭގައި އޭނާ ހުރި ހިސާބުގައި އެއްވެސް މީހަކު ފެންނަން ނެތީސްއެވެ. އެ މީހުން އޭނާ ރޭޕްކޮށް ފިލިއިރު، އޭނާއަށް ގޮތެއްވެގެން އުޅޭކަންވެސް އެނގުނީ އެ ހާދިސާ ހިނގިތާ ދެ ދުވަސް ފަހުން އޭނާ އަމިއްލައަށް މަރުވާން އުޅުމުންނެވެ.

އޭނާ އަމިއްލައަށް މަރުވާން އުޅުނީ ސޫފި މަރަން ބޭނުންކުރާ ވިހައެއް ބޮއެގެންނެވެ. އެހެން ނަމަވެސް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ދެ ދުވަސް ތެރޭގައި އޭނާ ވަނީ ސަލާމަތްވެފައެވެ.

އޭނާ ރޭޕްކުރި މައްސަލަ ފުލުުހުން ދަނީ ބަލަމުންނެވެ. އެ މައްސަލައިގެ ތަހުގީގަށް އޭނާ ކުރިން ލައިގެން ހުރި ހެދުންތައްވެސް ވަނީ ގެންގޮސްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިންމަބެ

    ރިފޮޓޯ ހާދާ ބިރުވެރިއޭ

  2. އަޒޫ

    ތިޔައީ އިންޑިޔާ ސިފައިން ކުރަންޖެހިފައިވާކަމަކީ.... މިވާހަކަ ދިވެހިރާއްޖޭގެ މީހުން މިބުނަނީ...ތިމާމެންގެ ޤައުމަުގައި އިސްލާޙް ކުރަންހުރި ކަންތައްތައް އެންމެ ފުރަތަމަވެސް އިސްލާޙްކޮށް ހަމަމަގަށް އަޅުވަބަލަ.............އެހެން ޤައުމުތަކުަގެ ތެރޭގައި ހިންގާކަންކަމާއި ނުކުޅެ މައިތިރިވެބަލަ..............

  3. ޖައްލާދު

    ރޭޕްއިންޑިޔާ