އިނގިރޭސިވިލާތުގެ ޕްރިންސް ހޭރީ އާއިލާގެ ޒިންމާތަކާއި އިމްތިޔާޒުތައް ދޫކޮށްލުމަށް ފަހު އެމެރިކާގައި އަނބިމީހާ މޭގަން މާކެލް އާއިއެކު ދިރިއުޅުމެއް ފެށި އެންމެ ބޮޑު އެއް ސަބަބަކީ "ތާރީޚް އަލުން އިއާދަވުމުގެ ބިރާއި ކަންބޮޑުވުން އޮތުން" ކަމަށް "އޮޕްރާ" އަށް ދިން އިންޓަވިއުގައި ބުނެފިއެވެ.

އޮޕްރާއަށް މޭގަން އާއި ހެރީ ދިން އިންޓަވިއު މިމަސް ތެރޭގައި ބްރޮޑްކާސްޓް ކުރާނެއެވެ. 90 މިނެޓަށް ދިގުދެމިގެންދާ އިންޓަވިއުގެ އިތުރު ޓީޒާއެއް އަނެއްކާވެސް އިއުލާން ކޮށްފައި ވާއިރު އެޓީޒާ އިން އެނގޭ ގޮތުގައި ޕްރިންސަސް ޑަޔާނާއަށް ދިމާވިފަދަ ކަމެއް މޭގަންއަށް ދިމާވެދާނެތީ ހެރީ ވަރަށް ބިރުގަނެއެވެ.

ޕްރިންސަސް ޑަޔާނާ އަށް އިނގިރޭސިވިލާތުގެ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބި އެކަމުގެ ސަބަބުން ދިރިއުޅުމުގެ އެތައް ކަމަކަށް ހުރަސް އެޅިގެން ދިޔައެވެ. ޑަޔާނާ އަވަހާރަވާން މެދުވެރިވި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ވެސް ނޫސްވެރިން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މޭގަން އާއި ހެރީ ކައިވެނި ކުރަން ތައްޔާރުވާން ފެށުމާއިއެކު އިނގިރޭސިވިލާތުގެ މީޑިއާތަކުން ވަނީ މާގަން އާއި "ޖައްސާލާފައެވެ." މޭގަން އަކީ އިނގިރޭސިވިލާތުގެ ރައްޔިތަކަށް ނުވުމުންނާއި ހެރީ އާއި މޭގަން ކައިވެނި ކުރުމުން އިނގިރޭސިވިލާތުގެ ރަސްކަމުގެ ދަރިފަސްކޮޅާއި އެހެން ގައުމެއްގެ މީހަކު ގުޅޭތީ އެކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ފާޑުކިޔާފައި ވެއެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މޭގަން އަކީ ކަޅުނަސްލުގެ މީހަކަށް ވުމުން ވެސް އިނގިރޭސިވިލާތުގެ މީޑިއާތަކަށް މޭގަން ކަމަކު ނުދިޔައެވެ. އޭނާ ކުރިން ކައިވެންޏެއް ކޮށްފައި ވުމުންނާއި ބައެއް ފިލްމުތަކުގައި ނިވާކަން ކުޑަމަންޒަރުތައް ކުޅެފައި ހުރުމުން ވެސް މޭގަން އާއި ދެކޮޅަށް އިނގިރޭސިވިލާތުގެ މީޑިއާތަކުގައި ވާހަކަ ދައްކާފައި ވެއެވެ.

ހެރީ ދާދިފަހުން ބުނެފައި ވަނީ ޝާހީ އާއިލާގެ ރަސްމީ ޒިންމާތައް ދޫކޮށްލި ސަބަބަކީ ވެސް މީޑިއާތަކުގެ ފަރާތުން ކުރިމަތިވާ ޕްރެޝަރާއި ހެދި އޭނާގެ ނަފްސަށް ހަމަޖެހުމެއް ނުލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަގާ

    ޝީ އިޒް ސީން ވެރީ ބިޔުޓިފުލް އިން ދިސް

    9
    4
  2. Anonymous

    ޑަޔާނާހާ ރީއްޗެއްވެސް ނޫން ދޯ؟؟؟

    9
    5
  3. އެދުރުކަލޭގެ

    މާގިނަ ދުވަހެއްނުވެ އަންހެނުންގެ ދަޅައިގައި ގެހިގެން ވަދެވިފައިވާ ވަލުން ނުކުމެ އެބުރި ޢާއިލާ ކައިރިއަށް ދާނެ. މީ ޔަޤީން ކަމެއް.

    11
    8