ކައިވެނިކޮށްގެން ހުރެ ނުވަތަ ސީރިއަސް ރިލޭޝަންޝިޕެއްގައި ހުރެ ގިނައިން ބޭވަފާތެރި ވަނީ އަންހެނުންތޯ ނުވަތަ ފިރިހެނުންތޯ ކުރެވޭ ސުވާލަށް ޖަވާބު ދިނުމުގެ ބޭނުމެއް ނެތެވެ. ހަޤީޤަތަކީ އަންހެނުން ވެސް އަދި ފިރިހެނުން ވެސް ހަޔާތުގެ ބައިވެރިޔާ އަށް ބޭވަފާތެރިވާ ކަމެވެ. އެއީ ކޮންބަޔަކު ގިނައިން ކުރާ ކަމެއްތޯ ކުރެވޭ ސުވާލަށް އެންމެ ފުރިހަމަ ޖަވާބެއް ދޭން އެނގޭނެ މީހަކު ނުހުންނާނެއެވެ.

ނިމުމެއް ނެތް އެބަހުސްގެ ތެރެއަށް ވަނުމުގެ ބަދަލުގައި އަހަރެން މިކިޔައި ދެނީ ސިއްރު ލޯބިވެރިން ގެންގުޅޭ އަންހެނުން އާންމުކޮށް ހަދާ ބައެއް ދޮގުތަކެވެ. ކައިރި މުސްތަގުބަލެއްގައި ފިރިހެނުން ހަދާ މިފަދަ ދޮގުތައް ވެސް ގެނެސްދެވޭނެ ކަމަށް އުއްމީދު ކުރަމެވެ.

އޭނާ އަކީ އަހަރެންނަށް ބޭބެއެއް ފަދަ މީހެއް

އަބަދުވެސް ވަރަށް ހާއްސަ މީހަކާއި އެކު ވަގުތު ހޭދަކުރަން އޭނާ ބޭނުންވާނެއެވެ. ވަރަށް ގިނައިން އޭނާ އާއި ޗެޓް ކުރާނެއެވެ. އޭނާ އާއި އެކު ބޭރަށް ވެސް ދާނެއެވެ. ނަމަވެސް ބައިވެރިޔާ ސުވާލެއް ކޮށްފިނަމަ ޖަވާބުގައި ބުނާނެއެވެ. "އަހަރެމެންނަކީ ހަމަ ރައްޓެހިން. އޭނާ އަކީ އަހަރެންނަށް ބޭބެއެއް ފަދަ މީހެއް" މިއޮތީ ކަންތައްތައް ވަރަށް ގޯސްވެފައެވެ. އޭނާގެ ސިއްރު ލޯބިވެރިޔަކީ އެބުނާ "ބޭބެ" ކަމަށް ވުން ވަރަށް ގާތެވެ.

އަހަރެން އުޅުނީ އަންހެން ރައްޓެހިންނާއި އެކު

ފޯނުން އޭނާ އާއި ނުގުޅި އެތައް އިރެއް ވެދާނެއެވެ. އެންމެ އަވަހަށް ފޯނުގައި އަތްލުމަށް ފަހު ގުޅާފައި އޭނާ ބުނާނީ އޭނާ އުޅުނީ އޭނާގެ އަންހެން ކޮންމެވެސް ރައްޓެހިންތަކަކާއި އެކު ކަމަށެވެ. ހީކުރިވަރަށް ވުރެ ގިނައިރު އެމީހުންނާއި އެކު ހޭދަވީކަމަށް ވެސް ބުނާނެއެވެ. އޭނާ ބުނާ "މައި ގާލްސް" ގްރޫޕް ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އޭނާ ސިއްރު ލޯބިވެރިޔަކު ގެންގުޅުން ވަރަށް ގާތެވެ.

އަހަރެން އުޅުނީ އޮފީހުގައި

މިއީ ވަރަށް ފަސޭހައިން ހަދާލެވޭ ދޮގެކެވެ. ފޯނަށް ޖަވާބު ނުދެވުނީ އޮފީހުގައި ބިޒީ ކަމުން ކަމަަށް ބުނާނެއެވެ. ނަމަވެސް އަބަދު އޮފީހުގައި އެހައި ބިޒީ ވާނަމަ އޭނާ ކުރާ އެވަރުގެ މަސައްކަތެއް ވެސް އޮންނާނެއެވެ. ސިކުނޑިން ތިބާ ވިސްނާލާށެވެ.

ތިއީ އެންމެ ރަނގަޅު މީހާ

ތިބާ އަކީ އެންމެ ރަނގަޅު މީހާ ކަމަށް އޭނާ އަބަދު އަބަދު ހަނދާން ކޮށްދޭނަމަ އެއީ އަދި ހަޤީޤީ ލޯބި ކަމަށް ނުވެދާނެއެވެ. އޭނާ އެއުޅެނީ ތިބާ އޭނާ އަށް ޝައްކެތް ކޮށްފާނެތީ އެކަން ފޮރުވަން ކަމަށް ވެސް ވެދާނެއެވެ.

އަހަރެން ބޭވަފާތެރިއެއް ނުވާނަން

ބޭވަފާތެރި ނުވާނެ ކަމަށް ބުނެ އެކަން އަބަދު ހަނދާން ކޮށްދޭ މީހަކަށް އޭނާ ވާނަމަ އެއީ އަދި ގޯހެކެވެ. އެންމެ ގިނައިން ބޭވަފާތެރިވަނީ މިހެން ގިނައިން ކިޔާ މީހުން ކަމަށް ވެއެވެ.

ނިންމާލަމުން އަދި އެއްވާހަކަ ބުނާނަމެވެ. އިތުބާރު ކުރެވޭ ބައިވެރިޔަކާއި އެކު ނޫނީ ދިރިއުޅުމައިގެން ކުރިއަށް ނުދާށެވެ. ޝައްކު ކުރެވޭނަމަ އެޝައްކު ޔަގީން ކުރާށެވެ. އަބަދު އެޝައްކުތަކާއި މެދު ޒުވާބު ކުރުމަށްވުރެ ހަމަޖެހޭ ދިރިއުޅުމެއް މާބޮޑަށް ވެސް ބޮލަށް ފަސޭހަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލިޔާކުއްޖާ

    ޝާނީގެ ތަޖުރިބާގެ އަލީގަތޯ ލިޔެފަތިއޮތީ

    11
  2. ޑަބްލިއު . ޓީ . އެފް

    ވަޓް ކައިންޑް އޮފް ބުލްޝިޓް ވޯޒް ދެޓް؟

    15
    1
  3. ހަބަރު

    ދެއިރު ދެ ދަޅަޔަށް މި އާޓިކަލް ތި ލަނީ ކަލޭމެން ލާނެ ހަބަރެއް ނެތީތަ؟

    9
    1
  4. ވަގު ބިޓް

    ތަޖުރިބާ ކާރެއް؟

  5. މޮއްކު

    ޝާނީއަށް ވ.ގިނަ ބަޔަކު ދޯކާ ދީފައި ވާކަން ފާހަގަ ކުރެވޭ
    އެކަމު މިހާރު ޝާނީއަށް ދޯކާ ދިން މީހަކު ވެސް ބަލާ ހައްޔަރު ކުރާ ހިސާބަށް ގޮސް ތިޔަ ވަނީ😂😂😂😂😂

  6. ފާޠިމާ

    ތިކަހަލަ އާޓިކަލް ލިޔުން އަސްލު އެހާ ސަޅިއެއް ނޫން. މައްސަލައެއް ނުޖެހި ލޯބިން އުޅޭ ދެމީހެއްގެ ދެމެދު މިއާޓިކަލް ގެ ސަބަބުން މައްސަލައެއް ޖެހުން ވަރަށް ގާތް ކަމަށް ބެލެވެނީ. ޝައްކު ކުރެވެން ވެސް ފަށާފާނެ.

    3
    2
  7. މައޭރުވެސްބުނިން

    ހަގީގަތުގަވެސް މިތާގަ ގިނައީ ހިގާކަންކަން، އެއް މެ ރަނގަޅު ގޮތަކީ އެ މީހަކު އުޅޭނެ ގޮތަކަށް އުޅެން ދޫކޮއްލާފަ ކުއްލި އަކަށް އަދަބުދިނުން..

    2
    1